logo

އީސީގެ ރައީސް ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހަށް ހުށަހަޅައިފި

profile

މުޙައްމަދު ފަޟްލޫން - 29 ޖޫން 2026 - 07:59

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

https://wamco.com.mv/

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޒާހިދު ކޮމިޝަންގެ މެންބަރުކަމުންނާއި ރައީސްކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮމިޝަނުގެ ރައީސަކު އައްޔަންކުރެވޭނީ ކޮމިޝަނަށް ކަނޑައަޅާފައިވާ މެންބަރުންގެ އަދަދު ހަމަވުމުންނެވެ.

މި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު މުހައްމަދު ޝަކީލް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެން، ގާނޫނުގައި ބުނާ ފަސް މެންބަރުންގެ އަދަދު މިހާރު ވަނީ ހަމަވެފައެވެ.

ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ބޭފުޅެއްގެ ނަންފުޅު މިހާރު ވަނީ މަޖިލީހުގެ ފަސްވަލަށް ހުށަހަޅުއްވާފައެވެ.

މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރުމުގެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

ޝަކީލް އެ މަގާމަށް އައްޔަންކުރެވޭނީ، ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން އޭނާއަށް ރުހުން އޮތްކަމަށް ފާސްވުމުންނެވެ.

ޝަކީލް އަކީ މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމުގެ އިތުރުން، އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 1 ސެޕްޓެންބަރު 2013 އިން 3 ޑިސެންބަރު 2014 އަށް ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާކުރެއްވުމަށްފަހު، 3 ޑިސެންބަރު 2014 އިން 9 މޭ 2018 އާ ހަމައަށް އޭނާ ވަނީ އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމާ އަލުން ހަވާލުވެވަޑައިގަތުމުގެ ކުރިން ޝަކީލް ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައެވެ.

5 މެމްބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަންގައި މިވަގުތު ތިއްބަވަނީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ، އަބްދުލްޙަސީބް އިސްމާޢީލް، އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲ އަދި މުޙައްމަދު ޝަކީލެވެ.



ޝަކީލް ވަނީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު އަދާކުރައްވާފައެވެ. އެގޮތުން، 03 ޑިސެންބަރު 2014 އިން ފެށިގެން 09 މޭ 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާއިރު 01 ސެޕްޓެންބަރު 2013އިން ފެށިގެން 03 ޑިސެންބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ޝަކީލްވަނީ އަދާކުރައްވާފައެވެ. އޭނާ އެންމެފަހުން ހުންނެވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk