
އިނާޔަތްތަކާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 19 ޖޫން 2026 - 09:13
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮނިގަނޑަށް ގެންނަ ބަދަލުތަކާ ގުޅިގެން، މާލީ އިނާޔަތްތަކާއެކު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެ ކުންފުނިން މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.
ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެކުލަވައިލާ އާ އޮނިގަނޑަށް ބަދަލުވުމުގެ މަސައްކަތުގެ ދަށުން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައެވެ.
އެޗްޑީސީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން މުވައްޒަފުންނަށް މައުލޫމާތު ދެއްވި ގޮތުގައި، ކުންފުނީގެ ރިޓަޔާމަންޓް ސިޔާސަތަށާއި، މަގާމު އުނިކުރެވޭ (ރިޑަންޑަންޓްވާ) ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. މި ބަދަލުތަކާއެކު، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް މައިގަނޑު ދެ ގޮތަކުން އެ ފުރުސަތު ވަނީ މަގުފަހިކޮށްދީފައެވެ.
އޭގެ ތެރެއިން ފުރަތަމަ ގޮތަކީ އަމިއްލައަށް އިސްނަގައިގެން 'ރިޑަންޑަންޓް' ވުމެވެ. މި ގޮތަށް ވަކިވާން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން ކަނޑައެޅޭ މުވައްޒަފުންނަށް، ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މާލީ އިނާޔަތެއްގެ ގޮތުގައި 'ސެވަރެންސް ޕެކޭޖް' އެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ދެވަނަ ގޮތަކީ އަމިއްލައަށް އެދިގެން ރިޓަޔަރ ކުރުމެވެ. މި ފުރުސަތުގެ ދަށުން ޝަރުތު ހަމަވާ މުވައްޒަފުންނަށް، އެ މުވައްޒަފަކު ކުންފުންޏަށް ޚިދުމަތް ކުރެއްވި މުއްދަތަށާއި އަދާކުރެއްވި މަގާމަށް ބަލައި، އެއްފަހަރާ ދެވޭ މާލީ އިނާޔަތަކާއެކު ރިޓަޔަރ ކުރުމުގެ އިޚުތިޔާރު ލިބިގެންދާނެއެވެ.
އެޗްޑީސީން މި ފިޔަވަޅު އަޅާފައިވަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގާފައިވާ އެންގުމަށާއި، ޚަރަދު ކުޑަކުރުމުގެ ގޮތުން ނެރެފައިވާ އެހެނިހެން ސާކިއުލާތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.
ގުޅުން ހުރި ޙަބަރުތައް

މަންމަ ގައިގަ ތަޅާ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ބަންދުކޮށްފި
6 ގަޑިއިރު ކުރިން

ތެލުގެ އަގު އުފުލެން ފަށައިފި
6 ގަޑިއިރު ކުރިން

ވިލިމާލޭ ތަރައްޤީއާ ލާބައަށް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މިހާރުގެ ސަރުކާރުން: މުޙައްމަދު އިސްމާޢީލް
6 ގަޑިއިރު ކުރިން

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗުގެ ތަމްރީނުތައް ފަށައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)