އައްޑޫ، ފުވައްމުލަކު ނޭޗަރ ޕާކު އިތުރަށް ތަރައްގީކުރަނީ

ރިޟްވާން މޫސާ - 18 ޖުލައި 2026 - 07:33
އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، އަލުން ތަރައްޤީކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިމަސައްކަތުގެ ތެރެއިން 10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ.
ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ގުދުރަތީ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ތަމްރީން ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.
މިތަމްރީނުތަކުގައި އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކުގެ މުވައްޒަފުންނާއި، ދެސިޓީގެ ކައުންސިލްތަކުގެ އިސް ބޭފުޅުންނާއި، މަޝްރޫއުގެ ކޮންޓްރެކްޓަރުންގެ އިތުރުން މިމަސައްކަތުގައި ހިއްސާވާ އެކި ބައިވެރިން ވަނީ ބައިވެރިވެފައެވެ. މިތަމްރީނަކީ އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް މެނޭޖްމަންޓް ޕްލޭން އަދި ގްރީވަންސް ރެޑްރެސް މެކޭނިޒަމް ތަންފީޒުކުރުމާ ގުޅޭގޮތުން ބޭއްވުނު ތަމްރީނެކެވެ.
މި މަޝްރޫއުގެ ތެރެއިން ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މަސައްކަތުގެ ތެރޭގައި ދިމާވެދާނެ ޝަކުވާތައް ހުށަހަޅައި، އެކަންކަން ހައްލުކުރާނެ ނިޒާމެއް ހަރުދަނާކޮށް މަޝްރޫއުގެ ތެރޭގައި ބޭނުންކުރުން ހިމެނެ އެވެ. މިމުހިންމު މަސައްކަތަކީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި، ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އަދި އޮސްޓްރޭލިއަން އެއިޑްގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ.
މިމަޝްރޫއުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށާއި، އެތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ އެވެ. މިމަސައްކަތަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގުދުރަތީ މާހައުލުތަކުން ނަފާ ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް
ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިބްރަރީގެ ޚިދުމަތް ޤާއިމުކުރަނީ
4 ގަޑިއިރު ކުރިން

އައްޑޫ ހޮސްޕިޓަލުގައި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސެއް އަޅައިދޭނެ ފަރާތެއް ހޯދަނީ
ދުވަހެއް ކުރިން

އުފާވެރި ސްކޫލު ބަންދަކަށް އެޗްޕީއޭގެ ފަސް އިލްތިމާސްއެއް!
ދުވަހެއް ކުރިން

ދިވެހިން ކުރާ ހޭދައާއި ގުޅޭ ސާރވޭ އެއް އެމްއެމްއޭ އިން ކުރަނީ
ދުވަހެއް ކުރިން


.gif&w=3840&q=75)