ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިބްރަރީގެ ޚިދުމަތް ޤާއިމުކުރަނީ

ރިޟްވާން މޫސާ - 18 ޖުލައި 2026 - 07:30
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލައިބްރަރީގެ ޚިދުމަތް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށްޓަވާފައިވާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ޤައުމީ ކުތުބުޚާނާގެ ގޮފިތައް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި މިހާރު ވަނީ އަމަލީ މަސައްކަތްތައް ފަށާފައެވެ.
ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝުކުރުﷲ ޝަކީލް ވިދާޅުވީ، ލައިބްރަރީތައް ތަރައްޤީކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލް ކަރުދާސް މިހާރު ފާސްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ލައިބްރަރީގެ ޚިދުމަތް ފަސޭހަކަމާއެކު ލިބުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ކައުންސިލުތަކެއް ހިމެނޭހެން ޚާއްޞަ ސާވޭއެއް ކުރިއަށް ގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި މި ސާވޭގެ ނަތީޖާއިން ދައްކާގޮތުގައި، ކުތުބުޚާނާގެ ޚިދުމަތް ޤާއިމުވެފައި އޮތުމަކީ އާންމުން ނުހަނު ބޭނުންވާ އަދި މުހިންމު ކަމެއްގެ ގޮތުގައި އެންމެންވެސް ފާހަގަކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް ރަށްތަކުގައި ޤާއިމްކުރާނެ ލައިބްރަރީތަކުގެ މޮޑެލްތައް ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ކުތުބުހާނާގެ ޚިދުމަތްތައް ފުޅާކޮށް ޑިޖިޓަަލް ކުރުމުގެ މަސައްކަތުގެ ދަށުން ކުތުބުހާނާއަށް 81 އަހަރުވުމާއި ގުޅިގެން "އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން" ރަސްމީކޮށް ވަނީ އިފްތިތާޙު ކޮށްފައެވެ.
ގައުމީ ކުތުބުހާނާ އަށް 81 އަހަރު ފުރުމުގެ އަހަރީ ދުވަހާއި ގުޅުވައިގެން މި މަހުގެ 12 ވަނަ ދުވަހު ވަނީ ލައިބްރަރީ ދުވަހުގެ ގޮތުގައި ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
އައްޑޫ، ފުވައްމުލަކު ނޭޗަރ ޕާކު އިތުރަށް ތަރައްގީކުރަނީ
4 ގަޑިއިރު ކުރިން

އައްޑޫ ހޮސްޕިޓަލުގައި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސެއް އަޅައިދޭނެ ފަރާތެއް ހޯދަނީ
ދުވަހެއް ކުރިން

އުފާވެރި ސްކޫލު ބަންދަކަށް އެޗްޕީއޭގެ ފަސް އިލްތިމާސްއެއް!
ދުވަހެއް ކުރިން

ދިވެހިން ކުރާ ހޭދައާއި ގުޅޭ ސާރވޭ އެއް އެމްއެމްއޭ އިން ކުރަނީ
ދުވަހެއް ކުރިން


.gif&w=3840&q=75)