
ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އިގްތިސާދީ ގުޅުން ހަރުދަނާކުރަން މަޝްވަރާކޮށްފި

މުޙައްމަދު ފަޟްލޫން - 09 ޖުލައި 2026 - 05:45
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިގްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފް.ޓީ.އޭ) ތަންފީޒުކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންދާ ރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލްއާ ދެމެދުގައެވެ.
ވަޒީރު ސައީދު އިންޑިއާއަށް ވަޑައިގެންނެވީ މިނިސްޓަރު ޕިޔޫޝްގެ ހާއްސަ ދައުވަތަކަށެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައިވާ އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަށާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީ ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ފަރާތަށްވެސް މަންފާކުރަނިވި ގޮތެއްގައި އިގްތިސާދީ އެއްބާރުލުން ދިނުމަށް މި ބައްދަލުވުމުގައި ދެ ވަޒީރުން އެއްބަސްވެވަޑައިގެންނެވި ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
ހާއްސަކޮށް، މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގައި، ދެ ގައުމަށް ފައިދާހުރި ބިނާކުރަނިވި ނަތީޖާތަކެއް ހާސިލުކުރުމަށްޓަކައި މަސައްކަތްކުރުމަށް ދެ މިނިސްޓަރުން ވަނީ ވައުދުވެވަޑައިގެންފައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތްތަކެއް ކަމަށެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، އިންވެސްޓްމަންޓްތަކާ ބެހޭ އެއްބަސްވުމެއް (ބައިލޭޓަރަލް އިންވެސްޓްމަންޓް ޓްރީޓީ) އެކުލަވައިލުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވިޔަފާރީގެ ދާއިރާއިން އަލަށް ފެށުމަށް ގަސްތުކުރާ މަޝްރޫއުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

"ޑޮލަރެއްނެތް" އެމްޑީޕީން ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބާއްވަނީ
ގަޑިއިރެއް ކުރިން

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
4 ގަޑިއިރު ކުރިން

ކްރޫޒްލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15،000 އިން މައްޗަށް!
6 ގަޑިއިރު ކުރިން

ޖީއެޗްޖީ އިން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)