logo

ކްރިޕްޓޯ ހިޔާނާތުގެ ތުހުމަތުގައި މިސްރުން ގިނަ ބަޔަކު ހައްޔަރުކޮށްފި

profile

އިސްމާއިލް ފާރިޝް - 06 މާރިޗު 2023 - 17:00

އެތައް ހާސް އިންވެސްޓަރުންނަށް ހިޔާނާތްތެރިވި އޮންލައިން ކްރިޕްޓޯކަރަންސީ ހިޔާނާތެއް ހިންގި ކަމުގެ ތުހުމަތުގައި މިސްރުގެ ކަމާބެހޭ ފަރާތްތަކުން 13 ބިދޭސީންނާ އެކު 29 މީހަކު ހައްޔަރުކޮށްފި އެވެ.

https://wamco.com.mv/

އިގްތިސާދީ ހީނަރުކަމާއި ހަލުވި އިންފްލޭޝަންގެ ބިރު ކުރިމަތިވެފައިވާ މިސްރުގައި ހިނގި މި ހިޔާނާތުގައި އެ ނެޓްވޯކުން 620،000 ޑޮލަރު މީހުންގެ އަތުން ހޯދައިފައިވާ ކަމަށް އާދީއްތަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.

މި ހިޔާނާތަކީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެ ގައުމުގެ މީޑިއާތަކުން އާންމުކުރި އޮންލައިން ޕްލެޓްފޯމް "ހޮގްޕޫލް" އިން ކަސްޓަމަރުންނަށް ކްރިޕްޓޯ މެދުވެރިކޮށް ފައިސާ ލިބޭނެ ކަމަށް ވައުދުވެ ހިންގި ހިޔާނާތެއް ކަމަށް ޕްރޮސެކިއުޝަން ސާވިސް އިން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހޮގްޕޫލް އިން މިދިޔަ ފެބްރުއަރީ މަހު ކުއްލިގޮތަކަށް އޮޕަރޭޝަންތައް ހުއްޓާލައި އެ ފައިސާއާއެކު ގެއްލުނު ކަމަށް ދައުލަތުގެ ނޫހެއް ކަމަށްވާ އަލް އަހްރާމް އިން ބުނެފައިވެ އެވެ.

އޮފިޝަލުން ބުނީ އެ މީހުން ހައްޔަރުކުރިއިރު އެ ނެޓްވޯކުން "ރަޔަޓް" ގެ ނަމުގައި އާ ޕްލެޓްފޯމެއް ތައާރަފް ކުރަން ތައްޔާރުވަމުން ދިޔަ ކަމަށެވެ.

އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނީ މިސްރުގެ 16 މީހަކާއި "އެއް ގައުމަކަށް ނިސްބަތްވާ އިތުރު 13 ބިދޭސީން" ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އޮފިޝަލުން ވަނީ 95 މޯބައިލް ފޯނާއި 3367 ސިމް ކާޑާއި 41 ބޭރުގެ ބޭންކް ކާޑު ވެސް އަތުލައިގެންފަ އެވެ.

https://etukuri.mv/
https://www.aslu.com.mv