
ގޭސް ލީކުވުމުގެ ހާދިސާއެއްގައި އަންހެނަކު ނިޔާވެއްޖެ

މުޙައްމަދު ފަޟްލޫން - 27 އޯގަސްޓު 2026 - 10:35
ގޭސް ލީކުވުމުގެ ހާދިސާއެއްގައި 51 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ފުލުހުން ހާމަކުރި މައުލޫމާތަށް ބަލާއިރު، ނިޔާވެފައިވަނީ ދަފްތަރު ނަންބަރު ރސ 6210، 51 އަހަރުގެ ޒާހިދާ ތައުފީގެވެ.
ހޮސްޕިޓަލުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޒާހިދާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހުންނެވީ އަވަހާރަވެފައިކަމަށް ވެއެވެ.
މި ހާދިސާގައި ހާލު ދެރަވި 19 އަހަރުގެ އަންހެނަކަށް ވެސް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ. އެ ފަރާތަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ފުލުހުން ބުނި ގޮތުގައި، ދެ ފަރާތެއްގެ ހާލު ދެރަވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:34 ހާއިރުއެވެ.
ހާދިސާ ހިނގާފައިވަނީ މާލެ، މާފަންނު، ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކޮށް ދެނެގަތުމުގެ މަސައްކަތް ކަމާ ގުޅޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ މައްސަލައަށް ހައްލުހޯދަން އޯއައިސީގެ ދައުރު ހަރުދަނާކުރަންޖެހޭ: ދިވެހިރާއްޖެ
11 މިނިޓު ކުރިން

ޕާސްޕޯޓު ލިބުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން، މުއްދަތު އިތުރުކުރުމާއި އިމަޖެންސީ ޕާސްޕޯޓް ދޫކުރަން ފަށައިފި
12 މިނިޓު ކުރިން

ޑޮލަރު ލިބޭނެ މަގު ތަނަވަސްކުރަން ކަސްޓަމްސް-ބޭންކް ނިޒާމެއް!
16 ގަޑިއިރު ކުރިން

ހުޅުދެލީ ޖެންސެޓް ހިދުމަތަށް ތައްޔާރު!
17 ގަޑިއިރު ކުރިން


