logo

އެމްޓީޑީސީގެ ޗެއަރމަން ކަމަށް ޝަހީރު އައްޔަނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 08 ސެޕްޓެމްބަރު 2026 - 06:05

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންގެ މަގާމަށް، މ. ލާލުބާޣު، އަހްމަދު ޝަހީރު އިއްޔެ އައްޔަންކުރައްވައިފިއެވެ.

https://wamco.com.mv/

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަންކުރައްވާފައިވާ ކަމަށެވެ.

ޝަހީރަކީ މި ސަރުކާރުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންކަމުގެ އިތުރުން، މީގެކުރިން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެއިތުރުން، 2014 އިން 2018 އަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

https://wamco.com.mv/
tel:+9607331319