ބިދޭސީން އެއްވެ އުޅޭ ސަރަހައްދުތައް މޮނިޓަރ ކުރަނީ
އައިޝަތު އިނާޝާ - 25 ޖެނުއަރީ 2025 - 08:41
މަސްލަހަތައް ނުރައްކާވާފަދަ އަމަލުތައް ތަކުރާރުވިއަ ނުދިނުމަށް ބިދޭސީން އެއްވެ އުޅޭ ސަރަހައްދުތައް އިމިގްރޭޝަންގެ އޮފިސަރުން މޮނިޓަރ ކުރަން ފަށައިފިއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެހެންކަމުން މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން ވަނީ ބިދޭސީން އެއްވެ އުޅޭ ސަރަހައްދުތައް މޮނިޓަރ ކުރަން ފަށާފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އިމިގްރޭޝަނުން ބުނިގޮތުގައި އާއްމު މަސްލަހަތައް ނުރައްކާވާފަދަ މިފަދަ އަމަލުތައް ތަކުރާރުވިއަ ނުދިނުމަށްޓަކައި މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އަދި މި ހަރަކާތްތައް ކުރިއަށްދާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން މިފަދަ ހަރަކާތެއް ފަށާފައިވާއިރު، ދާދި ފަހުން އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މެދުގައި ވެސް ވަނީ މާރާމާރީއެއް ވަނީ ހިނގާފައެވެ. މި މާރާމާރީއާ ގުޅިގެން 3 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. މި މާރާމާރީގެ މަންޒަރު ރިކޯޑު ކުރި ދިވެއްސަކާ މެދު ވެސް އެމީހުން މާރާމާރީ ހިންގާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް އިމިގްރޭޝަނުން ނުދޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން