
ބާޒާރުގައި ލުނބޯ، މިރުސް ތިޔާގި، އަގުތައްވެސް ދަށަށް!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 16 ޖެނުއަރީ 2025 - 13:46
ބާޒާރުމަތީގައި މިދިޔަ އަހަރުގެ ފަހުކޮޅު އެންމެ ބޮޑަށް އަގު އުފުލުނު ފިޔާ، ލުނބޯ، މިރުހުގެ އަގު ދަށަށް ވެއްޓިއްޖެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފިޔާ ބަސްތާއެއްގެ އަގު 900 ރުފިޔާއަށް އަރައިގެންދިޔައިރު، ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއް 70 ރުފިޔާއަށް ވެސް ވަނީ ވިއްކާފައެވެ. އާންމު ގޮތެއްގައި ވިއްކާފައިވަނީ 50 ރުފިޔާް އާއި 40 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
އެހެންނަމަވެސް މިހާރު ފިޔާގެ އަގު ވަނީ ދަށަށް ދާން ފަށާފައެވެ. އެގޮތުން ކަންމަތީ ފިހާރަތަކުން ފިޔާ ކިލޯއެއް ލިބެންހުރީ 30 ރުފިޔާއާއި 35 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
މިއަދު ބާޒާރުމަތީގައި ތަކެތީގެ އަގުތައް ހުރި ގޮތަށް ބަލައިލީމެވެ. އެގޮތުން ލޯކަލް މާރުކޭޓުގައި ތިބި ވިޔަފާރިވެރިން ބުނިގޮތުގައި ލުނބޯ، މިރުސް ލިބުން ދަތިވެ، މި ދެބާވަތުގެ އަގު ބޮޑުތަނުން އުފުލިގެން ދިޔަ ނަމަވެސް ތިޔާގިވެ އެ ތަކެތީގެ އަގު ވަނީ ދަށަށް ޖެހިލާފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ބައެއް ގޮޅިތަކުން ލުނބޯ ކިލޯއެއް ވިއްކާފައިވަނީ 80 ރުފިޔާއަށެވެ. އަދި މިރުސް ކިލޯއެއް ވިއްކާފައިވަނީ 230 ރުފިޔާއަށެވެ.
އެހެންނަވެސް މިހާރުވަނީ އަގުތައް ތިރިވެފައެވެ. އެގޮތުން މިހާރު ބާޒާރުގައި ލުނބޯ ކިލޯއެއް އުޅެނީ 25 ރުފިޔާއާއި 20ރ އާ ދެމެދުގައެވެ. އަދި މިރުސް ކިލޯއެއް އުޅެނީ 180 ރުފިޔާއަށެވެ.
ވިޔަފާރިވެރިން ބުނިގޮތުގައި މިހާރު މިބާވަތްތައް ލިބުމުގައި މާބޮޑު ދަތިތަކެއް ނެތެވެ.
ލޯކަލް މާރުކޭޓް
ލޯކަލް މާރުކޭޓުގެ އަގުތައް:
ހިނކަދި ފަތް ބޮޑިއެއް - 10 ރުފިޔާ
ކޮޕީ ފަތް ބޮނޑިއެއް - 10 ރުފިޔާ
ލެޓިއުސް 10ގ - 15 ރުފިޔާ
ބަށި ކިލޯއެއް - 65 ރުފިޔާ
ކިއުކަމްބާ ކިލޯއެއް - 40 ރުފިޔާ އާއި 70 ރުފިޔާ ދޭތެރޭގައި
ކެރެޓް ކިލޯއެއް - 35 ރުފިޔާ
ކެބެޖް ކިލޯއެއް - 50 ރުފިޔާ
ބަރަބޯ ކިލޯއެއް - 25 ރުފިޔާ
ކެޕްސިކަމް ކިލޯއެއް - 65 ރުފިޔާ
ލީކްސް ކިލޯއެއް - 90 ރުފިޔާ
ޓޮމާޓޯ ކިލޯއެއް - 40 ރުރިޔާ އާއި 60 ރުފިޔާ އާއި ދޭތެރޭގައި
އާފަލު - 5 ރުފިޔާ
އޮރެންޖު - 5 ރުފިޔާ
ގްރޭޕްސް ކިލޯއެއް - 150 ރުފިޔާ
ރަމްބުސްތާން ކިލޯއެއް - 160 ރުފިޔާ
ފޭރު ކިލޯއެއް - 80 ރުފިޔާ
ކުރުނބާ - 20 ރުފިޔާ
މިއަދު ބާޒާރުމަތީގެ ތަކެތި ތިޔާގިކަން ފާހަގަ ކޮށްލެވެއެވެ.
ވިޔަފާރިވެރިން ބުނި ގޮތުގައި ތަރުކާރީއާއި މޭވާ އަދި ކާބޯތަކެތީގެ އެހެން ބާވަތްތައް ލިބުމުގައި މާބޮޑު ދަތިކަމެއް މިހާރު ނެތެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން