.jpg&w=3840&q=75)
ޔަމަނުގެ ހޫޘީންނަށް އަލުން ވައިގެ ހަމަލާތައް ދޭން ފެށުމަށް އިސްރާއީލުން އެމެރިކާގެ ކިބައިން އެދިއްޖެ

ސައިފް އަޒުހަރު - 11 ޖުލައި 2025 - 07:26
ޔަމަނުގެ ހޫޘީންނަށް އަލުން ވައިގެ ހަމަލާތައް ދޭން ފެށުމަށް އިސްރާއީލުން އެމެރިކާގެ ކިބައިން އެދިއްޖެއެވެ.
އިސްރާއީލުން މިކަމަށް މިއެދުނީ، ހޫޘީންގެ ބެލިސްޓިކް މިސައިލް ހަމަލާތައް އިސްރާއީލަށް ހުއްޓާނުލާ ދެމުން ގެންދިއުމާއި، ހޫޘީން އިސްރާއީލަށް ރަތްކަނޑު ބަންދުކޮށް ދަތިކުރުމުގެ ސަބަބުންނެވެ.
ހޫޘީން ރަތްކަނޑު ބަންދުކުރުމުގެ ސަބަބުން އިސްރާއީލަށް މުދާހިފައިގެން، އިސްރާއީލުގެ އާގުބޯޓަކަށް އަދި އެހެން ގައުމެއްގެ ބޯޓަކަށްވެސް މިހާރު ދަތުރު ނުކުރެއެވެ. އަދި އިސްރާއީލުން ފުރައިގެންވެސް ބޯޓަކަށް ދަތުރު ނުކުރެއެވެ.
ހަމަސްދުވަހުގެ މެދުކެނޑުމަކަށްފަހު ހޫޘީން ރަތްކަނޑުގެ އޮޕަރޭޝަން އިހަކަށްދުވަހު ފެށީ، އީރާނާއެކު ހިނގި ކުރިމަތިލުންތަކަށްފަހު އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތައް ފުޅާކޮށް ވަރުގަދަ ކުރުމާ ގުޅިގެންނެވެ.
ހޫޘީންގެ އިންޒާރުތަކަށް ކިޔަމަންނުވުމުން، އިސްރާއީލަށް މުދާ ހިފައިގެން ދަތުރުކުރި ދެ އާގުބޯޓަކަށް ހޫޘީން ހަމަލާދީ މިދިޔަ ހަފްތާގައި ފައްތާލާފައި ވެއެވެ.
ހޫޘީން އަންގަނީ، އިސްރާއީލަށް މުދާ ހިފައިގެންދާ ކޮންމެ ގައުމެއްގެ ބޯޓެއްވެސް ފައްތާލާނޭ ކަމަށެވެ. އިސްރާއީލަށް ރަތްކަނޑު ބަންދު ކަމަށެވެ.
ހޫޘީން ހިންގާ ރަތްކަނޑުގެ އޮޕަރޭޝަންގެ ސަބަބުން އިސްރާއީލާއި، އެހެން ގައުމުތަކުގެ ބޯޓު ފަހަރަށްވެސް އިސްރާއީލަށް ދަތުރު ނުކުރެވި، އިސްރާއީލުގެ ކަނޑު ބަދަރުތައްވެސް މިހާރުވަނީ ބަންދުކޮށްފައެވެ.
އިސްރާއީލަށް މިހާރު އާގުބޯޓެއް އަންނަން ޖެހެނީ ވަރަށް ދުރުންލާފައެވެ. އޭގެ އަގުވެސް އެތައްގުނަ ބޮޑުވެއެވެ.
މިކަމުގެ ސަބަބުން، އިސްރާއީލަށް މިހާރުވަނީ އިގްތިސާދީ ބޮޑެތި ގޮންޖެހުންތާ ކުރިމަތިލާން ޖެހިފައި ވެއެވެ. އަދި އާންމު މުދަލަށްވެސް ޖެހިފައި ވެއެވެ.
އިސްރާއީލާ ދެކޮޅަށް ހޫޘީން ކުރިއަށްގެންދާ އޮޕަރޭޝަނާހެދި އިސްރާއީލަށް ގެއްލުންވަމުންދާތީ، އިސްރާއީލުގެ ދިފާއުގައި އެމެރިކާއިން ވަނީ ޔަމަނުގެ ރަށްތަކަށް ވަރުގަދައަށް ބޮންއަޅާފައެވެ. އެމެރިކާގެ ހަމަލާތަކުގައި ޔަމަނުން އެތައްބަޔަކު މަރުވެ، ބޮޑެތި ގެއްލުންތައް ލިބުނެވެ.
ރައްދުގައި ހޫޘީން ވަނީ، ރަތްކަނޑު އެމެރިކާގެ ބޯޓުތަކަށްވެސް ބަންދުކޮށް، އެމެރިކާގެ އަސްކަރީ އުޅަނދުތަކަށްވެސް ވަރުގަދަ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތައް ދީފައެވެ.
ހޫޘީންގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތައް ލިބޭން ފެށުމުން، އެމެރިކާގެ ރައީސް ޓްރަމްޕަށް ޖެހިވަޑައިގެންނެވީ، އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ހަމަލާނުދޭމަތިން، ހޫޘީންނާއެކު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހަދާށެވެ. ހޫޘީންވެސް އެކަމަށް އެއްބަސްވިއެވެ.
އިސްރާއީލުންވެސް ދޭތެރެ ދޭތެރެއިން ޔަމަނުގެ ރަށްތަކަށް ބޮންއަޅައެވެ. ނަމަވެސް، ހޫޘީން ނުހުއްޓުވުނެވެ.
ރަތްކަނޑުގެ އޮޕަރޭޝަންގެ އިތުރުން، ހޫޘީން ގެންދަނީ، އިސްރާއީލަށް މިސައިލް ހަމަލާތައްވެސް ދެމުންނެވެ. އިސްރާއީލު މީހުންނަށް ހޫޘީން އަންގަނީ އިސްރާއީލުގެ އެއަރޕޯޓްތައް ރައްކާތެރި ނޫން ކަމަށާއި، އެތަންތަނާ ގާތް ނުވުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ
3 އަހަރު ކުރިން

އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ދެމެދުގައި މަޝްވަރާކޮށްފި
3 އަހަރު ކުރިން

އެމެރިކާ އާއެކު ނިއުކްލިޔާ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވިއްޖެ- ދެކުނު ކޮރެއާ
3 އަހަރު ކުރިން

އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" ވައްޓާލައިފި
2 އަހަރު ކުރިން