
ޗެލްސީގެ ކައިސެޑޯ(ކ) ޕަފޯސް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ޕަފޯސް އަތުން ފަހުވަގުތު ޗެލްސީ މޮޅުކޮށްދިނީ ކައިސެޑޯ

ހަސަން ޝަމްއޫން - 21 ޖެނުއަރީ 2026 - 23:22
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައިސައިފްރަސްގެ ޕަފޯސް އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން ތާވަލުގެ އަށްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ޗެމްޕިއަންސް ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ރަށުން ބޭރުގައި އެޓަލާންޓާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، މިމުބާރާތުގައި ޕަފޯސް އެންމެ ފަހުން ކުޅުނު މެޗުގައި އިޓަލީގެ ޔުވެންޓަސް އަތުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
ޗެލްސީގެ ސްޓޭމްފޯޑް ބްރިޖުގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން ވަނީ މިމެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ޗެލްސީގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތް މެޗުން ޗެލްސީއަށް 13 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޕަފޯސް އިން ލީގުބުރުގައި ކުޅުނު ހަތް މެޗުން ހޯދި ހަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 30 ވަނައިގައެވެ.
މުބާރާތުގެ ލީގުބުރުގައި ޗެލްސީ ކުޅޭ ފަހު މެޗުގައި މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެޓީމުން ނުކުންނާނީ އިޓަލީގެ ނަޕޯލީ އާއި ދެކޮޅަށެވެ. އަދި އެމެޗުން މޮޅުވެ ލީގުބުރުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި ދެވަނަ ބުރުން ޖާގަހޯދުމުގެ އަމިއްލަ ބާރު ޗެލްސީ އިން ހޯދިއިރު، ލީގުބުރުގެ ފަހު މެޗުގައި މިމަހުގެ 29 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ދެވަނަ ބުރުގެ ޕްލޭއޮފް އިން ޖާގަ ހޯދުމުގެ ފުރުސަތު ޕަފޯސްއަށް ވެސް އެބައޮތެވެ.
ގުޅުން ހުރި ޙަބަރުތައް

ޔުރޮޕާ ލީގު: ފެނަބާޗޭ ބަލިކޮށް، ބާކީ އެއްމެޗު އޮއްވައި އެސްޓަންވިލާ އިން ދެވަނަ ބުރު ޔަގީންކޮށްފި
ދުވަހެއް ކުރިން

ޔުރޮޕާ ލީގް: ރަށުން ބޭރުގައި ބްރާގާ އަތުން ފޮރެސްޓް ބަލިވެއްޖެ
ދުވަހެއް ކުރިން

ކޭންގެ ދެލަނޑާއެކު ރޯޔަލް ޔޫނިއަން ބަލިކޮށް ބަޔާން އިން ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި
2 ދުވަސް ކުރިން

ވާދަވެރި ކުޅުމަކަަށްފަހު ފަހަތުން އަރައި ބާސެލޯނާ އިން ސްލާވިއާ ޕްރާގް ބަލިކޮށްފި
2 ދުވަސް ކުރިން


