
ބާސެލޯނާ އާއި ގުއަޑަލަހަރާ ވާދަކުރި މެޗުގެ ތެރެއިން..
ކޮޕާ ޑެލް ރޭ: ގުއަޑަލަހަރާ އަތުން ހަނިގޮތަކަށް މޮޅުވެ ބާސެލޯނާ ދެވަނަ ބުރަށް

ހަސަން ޝަމްއޫން - 17 ޑިސެމްބަރު 2025 - 02:56
ކޮޕާ ޑެލަ ރޭގެ ރައުންޑް އޮފް 32 ގައި ރޭ ރަށުން ބޭރުގައި ތިންވަނަ ޑިވިޝަންގެ ގުއަޑަލަހަރާ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ޖާގަ ހޯފައިފިއެވެ.
މުބާރާތުގެ ރައުންޑް އޮފް 32 އިން ގުއަޑަލަހަރާ ޖާގަ ހޯދީ ރައުންޑް އޮފް 64 ގައި ތިންވަނަ ޑިވިޝަންގެ ސެއުޓާ 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި މިއީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން މިސީޒަނުގެ ކޮޕާ ޑެލަ ރޭގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ މިދެޓީމު ވާދަވެރި މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.
މިވަގުތު ލަލީގާގެ އެއްވަނައިގައި އޮތް ބާސެލާ އިން މިމެޗަށް ވަރުގަދަ ޓީމެއް ނެރެފައިވާއިރު އޭގެ ތެރޭގައި ލަމީން ޔަމާލް، މަކަސް ރަޝްފޯޑް، ފްރެކީ ޑިޖޮން، ފާމިން ލޮޕޭޒްގެ އިތުރުން އެރިކް ގާސިއާ ހިމެނެއެވެ.
މީގެ އިތުރުން ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގަައި ޕެޑްރީ، ޕައު ކުބާސީ، ކުންޑޭގެ އިތުރުން ބަލްޑޭ ކުޅެން ނުކުމެފައިވާއިރު، މިމެޗަކީ ބާސެލޯނާގެ ސިނިއާ ޓީމަށް އުމުރުން 18 އަހަރުގެ ކުބާސީ ކުޅުނު 100 ވަނަ މެޗެވެ. އަދި މިވަގުތު ތިންވަނަ ޑިވިޝަންގެ ތާވަލުގެ 17 ވަނައިގައި އޮތް ގުއަޑަލަހަރާ އިން ވަނީ މިމެޗުގެ ބޮޑުބައިގައި ބާސެލޯނާ އާއި ދެކޮޅަށް މޮޅު ޑިފެންސިވް ކުޅުމެއް ދައްކައިދީފައެވެ.
މިމެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ޑިފެންޑަރު އަންދްރޭސް ކްރިސްޓިއަންސަން ކާމިޔާބުކޮށްދިންއިރު އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮޕާ ޑެލަރޭ: ތިންވަނަ ޑިވިޝަންގެ ޓަލަވޭރާ އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
7 ގަޑިއިރު ކުރިން

އީއެފްއެލް ކަޕް: ބްރެންޓްފޯޑް ބަލިކޮށް މެންޗެސްޓާ ސިޓީ ސެމީފައިނަލުން ޖާގަ ހޯދައިފި
8 ގަޑިއިރު ކުރިން

ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50 މިލިއަން ޑޮލަރު
11 ގަޑިއިރު ކުރިން

ފީފާ އިންޓަރކޮންޓިނެންޓަލް ކަޕް ޕީއެސްޖީ އިން ކާމިޔާބުކޮށްފި
11 ގަޑިއިރު ކުރިން


