logo

ކަރަންޓުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަޝްރޫޢެއް ހިންގަނީ!

profile

އަހުމަދު ޒަލީފު - 30 ނޮވެމްބަރު 2023 - 13:43

ފޮޓޯ؛ ސްޓެލްކޯ

ފޮޓޯ؛ ސްޓެލްކޯ

މާލެ ސަރައްދުގެ ކަރަންޓުުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް “ސިކްސްތް ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓު” ގެ ނަމުގައި މަޝްރޫއުއެއް ހިންގަން ސްޓެލްކޯއިން ނިންމައިފިއެވެ.

މާލެއާއި ހުޅުމާލޭގައި ޕަވާ ޖެނެރޭޝަންގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ މަޝަރޫއު ކުރިއަށް ގެންދަވަން ނިންމެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި އެކަމާއި ގުޅިގެން ބުނެފައިވަނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަސް ތެރޭގައި ފައްޓަވާނެ ކަމަށެވެ. ބައްދަލުވުމުގައި ފަހުމީ ވަނީ މުވައްޒަފުންގެ ދައުރު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

އަދި ސްޓެލްކޯ ހިންގުމުގައި ޓެކްނިކަލް މުވައްޒަފުންގެ ލަފަޔާއި އިރުޝާދު އަބަދުވެސް ހޯއްދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މާލެ އާއި ހުޅުމާލޭގެ ޕަވާ ޖެނެރޭޝަންގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އެ މަޝްރޫއު ކުރިއަށް ގެންދަވަން ނިންމެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

ސްޓެލްކޯ އިން "އެކްސް"ގައި ކުރި ޕޯސްޓެއްގައިި ބުނީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަސް ތެރޭގައި ފައްޓަވާނެ ކަމަށް ފަހުމީ ވިދާޅުވި ކަމަށެވެ.

މި ބައްދަލުވުމުގައި ފަހުމީ ވަނީ ސްޓެލްކޯ ހިންގުމުގައި މުވައްޒަފުންގެ ދައުރު ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައިފައެވެ. އަދި ސްޓެލްކޯ ހިންގުމުގައި ޓެކްނިކަލް މުވައްޒަފުންގެ ލަފަޔާއި އިރުޝާދު އަބަދުވެސް ހޯއްދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

https://wamco.com.mv/
tel:+9607331319