
މާމެންދޫ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މާމެންދޫ އާ އިންޖީނުގެ ރައީސް ހުޅުއްވައިދެއްވައިފި

އަހުމަދު ޒަލީފު - 24 ޑިސެމްބަރު 2022 - 13:02
މާމެންދޫ އިންޖީނުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.
އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި އިންޖީނުގޭގެ ސަބަބުން މާމެންދޫ ރައްޔިތުންނަށް އެތައް ގޮތަކުން ލުއި ފަސޭހަކަން ލިބިގެން ދާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެއްވެސް ރަށެއް ބާކީ ނުކޮށް ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށްދިނުން ކަމަށެވެ.
އަލަށް އިމާރާތް ކުރި މާމެންދޫ އިންޖީނުގެއަކީ 1400ގެ ކިލޯވޯޓުގެ ކެޕޭސިޓީ ހުރި އިންޖީނުގެއެކެވެ. ތޭވީސް އަހަރަށްފަހު، އަލަށް ހުޅުވި މި އިންޖީނުގެއަކީ ކުރީގެ އިންޖީނުގެއަށް ވުރެ ދެ ގުނަ ބޮޑު އިންޖީނުގެއެކެވެ.
ރާއްޖޭގެ 46 ރަށުގައި އައު އިންޖީނުގެ ފެނަކައިން ވަނީ އިމާރާތްކޮށްފައެވެ. އަދި 64 ރަށުގައި އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މީގެ އިތުރުން 313 އައު ޖަނަރެޓަރު ފެނަކައިން ވަނީ ރަށްތަކަށް ފޯރުކޮށްދީފައެވެ. މި ދައުރު ނިމޭއިރު 146 ރަށުގައި އާ އިންޖީނުގެ އާއި އޮފީސް އިމާރާތްކުރެވިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މާމެމްދޫއަށް މިކުރައްވާ ދަތުރުފުޅަކީ ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދެދުވަހުގެ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ. ގއ.އަށް ކުރެެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެމަނިކުފާނު ޒިޔާރަތްކުރައްވާފައިވަނީ ގއ. ދާންދޫއަށެވެ
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން