މެމްބަރު އިސްމާއިލް އަހުމަދުގެ މައްޗަށް 800،000ރ. ގެ ދަރަންޏެއް ސާބިތުވެއްޖެ
![profile](/_next/image?url=%2Flogo.png&w=3840&q=75)
އަހުމަދު ޒަލީފު - 12 މާރިޗު 2024 - 17:10
![ދުވާފަރު ދާއިރާގެ މެމްބަރު](/_next/image?url=%2Fpanel-content%2Fmedia%2F4b9ce5c5-5690-4ccf-bbe9-661f5350aafa_1710263411739.jpg&w=3840&q=75)
ދުވާފަރު ދާއިރާގެ މެމްބަރު
ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދުގެ ކުންފުނިން މީހަކަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
އިސްމާއީލް އަހްމަދުގެ މައްޗަށް ދައުވާ ކުރީ ހ. ވަލަންޖު، މޫސާ ހަލީލް އެވެ.
މި ދައުވާގައި ބުނެފައިވަނީ ތ. ކަނޑޫދޫ ސްކޫލުގެ ތިން ކްލާސްރޫމު އިމާރާތް ކުރުމުގެ މަސައްކަތް އިސްމާއީލް އަހްމަދުގެ ކުންފުނިން ނެގުމަށްފަހު ހަލީލްގެ އަމިއްލަ ތަކެތީގައި އެ މަސައްކަތް ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ކުރުމަށް 2018 ވަނަ އަހަރުގެ ތެރޭގައި އިސްމާއީލާއި ހަލީލް އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށެވެ.
އެ މައްސަލާގައި ބުނާ ގޮތުން މޫސާ ހަލީލް އަމިއްލަ ތަކެތީގައި ކޮށްފައިވާ މަސައްކަތާއި އެ ތަކެތީގެ އަގު 1،281،830 ރ. އަރަ އެވެ. އެއިން މެންބަރު އިސްމާއީލް އަދި ދައްކަވާފައިވަނީ 425،000ރ. ކަމަށް މައްސަލާގައިވެ އެވެ. ހަލީލްގެ ފަރާތުން ކޯޓުގައި އެދިފައިވަނީ މެމްބަރު އިސްމާއިލް ބާކީ ނުދައްކަވާ އޮތް 856،830 ރުފިޔާ ދެއްކުމަށް ހުކުމްކޮށްދިނުމަށެވެ.
މި މައްސަލާއިގައި ފުރަތަމަ ހުކުމް ކުރީ ސިވިލް ކޯޓުން ކަމަށްވާއިރު، ހުކުމްގައިވާ ގޮތަށް 15 ދުވަސް ތެރޭގައި އެ ފައިސާ ދައްކަވާފައެއް ނުވެ އެވެ. ހައިކޯޓުން މި މައްސަލަ ނިންމީ މިދިޔަ ފެބްރުއަރީ 29 ވަނަ ދުވަހު އެވެ. އެ ހުކުމުގައި ވެސް ވަނީ ހުކުމް ކުރާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަންގާފަ އެވެ.
ސިވިލް ކޯޓާއި ހައިކޯޓުގައި ވެސް މި މައްސަލަ ނިންމާފައިވަނީ މެމްބަރު އިސްމާއިލްގެ ޣައިރު ހާޒިރުގަ އެވެ.
ގުޅުން ހުރި ޙަބަރުތައް
![6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް](/_next/image?url=%2Fpanel-content%2Fmedia%2F344ba825-75eb-41bc-c5e6-99b35da33c00.jpg&w=3840&q=75)
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
![ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ](/_next/image?url=%2Fpanel-content%2Fmedia%2F2dce7ba5-55cb-45fb-9232-7fa1984d4200.jpg&w=3840&q=75)
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
![އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ](/_next/image?url=%2Fpanel-content%2Fmedia%2Fbd74cf6e-a856-453c-0e88-62e84309ad00.jpg&w=3840&q=75)
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
![ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ](/_next/image?url=%2Fpanel-content%2Fmedia%2F2fc9cc8e-97b8-4d61-23c5-e011c1a5ac00.jpg&w=3840&q=75)
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން