.webp&w=3840&q=75)
ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް ކުރިއަށްދާއިރު އިސްރާއީލުން 8 މީހަކު ޝަހީދުކޮށްލައިފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 08 އޮކްޓޯބަރު 2025 - 13:18
ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް ކުރިއަށްދާއިރު އިސްރާއީލުން 8 މީހަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 8 މީހުން ޝަޙީދުވެ، 61 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
މިސްރުގެ ޝަރްމް އަލް ޝެއިޚްގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދާތާ ތިން ދުވަސް ވީއިރުވެސް މި ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.
ފަލަސްތީނުގެ ސިވިލް ޑިފެންސުން ބުނީ އެ ސިޓީއަށް ހަމަލާ ދިނުމާ ގުޅިގެން މިދިޔަ ހަތް ދުވަހުގެ ތެރޭގައިވެސް 50 އުސް އިމާރާތެއް ވަނީ ހަލާކުކޮށްލާފައެވެ. މީގެ އިތުރުން ޒައިތޫމު ސަރަހައްދުގެ މީހުން ދިރިއުޅޭ 1500 ގެއެއް ފުނޑާލާ އެތައް ހާސް ބަޔަކު ވަނީ މަގުމަތިކޮށްލާފައެވެ.
އިސްރާއީލުން މަސައްކަތްކުރަމުންދަނީ ޣައްޒާގެ ދެކުނުގެ ސަރަހައްދު ހުސްކޮށް ދިރިތިބިއްޔާ ތިބިހާ ބަޔަކު މަޖުބޫރުން ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކަށް ފައްސާލާށެވެ.
އިސްރާއީލުން ބުނެފައި ވަނީ ޣައްޒާ ސިޓީގެ 40 އިންސައްތަ މިވަގުތު އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އެބައޮތް ކަމަށެވެ.
މީހުން ދިރިއުޅޭ އިމާރާތްތަކަށާއި ރެފިއުޖީ ކޭމްޕްތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ޔުނިސެފުން މިހާރުގެ ޣައްޒާގެ ހާލަތު ސިފަކުރަނީ ހީވެސް ނުކުރާ ފަދަ ހާލަތެއްގެ ގޮތުގައެވެ.
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވާ ފަލަސްތީނުގެ 30 އިންސައްތަ މީހުންނަކީ ކުޑަކުދިން ކަމަށާއި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 28 ކުޑަކުދިން ޝަހީދުވަމުންދާކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގައި މިހާތަނަށް 67،183 މީހުން ޝަހީދުވެ، 169،841 މީހުން ޒަޚަމްވެފައިވެއެވެ. އަދި އެތައްހާސް ބަޔަކު އަދިވެސް ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި
12 ގަޑިއިރު ކުރިން

ހެލިކޮޕްޓަރުގެ ހިދުމަތް ފެށުން ލަސްވަނީ މަޝްރޫއުގެ ބޮޑުކަމުން: އަމީން
15 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ފެންހިންދާ ނިޒާމާއި ކަނޑޫފާތައް ބެލެހެއްޓުމާއި ގުޅޭ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަނީ
15 ގަޑިއިރު ކުރިން

ގުޅުންތަކުގެ ވިންދު - ދެމަފިރިންގެ ދެމެދުގައި އޮންނަ އިތުބާރު
15 ގަޑިއިރު ކުރިން


