logo

ހަނިމާދޫ އެއާޕޯޓް މަޝްރޫއު އިފްތިތާހު ކުރުމަށް ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަންނަވަނީ

profile

އަހުމަދު ޔައީޝް - 17 ޖެނުއަރީ 2023 - 21:58

ޖައިޝަންކަރު އާއި ޝާހިދު —

ޖައިޝަންކަރު އާއި ޝާހިދު —

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް އިންޑިއާގެ އެކްޓާރނަލް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް މިއަދު ވަޑައިގަންނަވާނެއެވެ.

https://wamco.com.mv/

އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓްރީން ވަނީ މިކަން އިއުލާންކުރައްވާ، ދަތުރުފުޅުގެ ތަފްސީލު ދީފައެވެ. އެގޮތުން ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެންމެ ފުރަތަމަ މަންޒިލަކީ ދިވެހިރާއްޖެއެވެ. މިކަން ވަނީ ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއިން ވެސް ކަށަވަރުކޮށްދީފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ގާތްގުޅުމެއް ބާއްވަމުންދާ އިންޑިއާގެ އެކްސްޓާރނަލް މިނިސްޓަރު ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާ މީ ހަތަރު ވަނަ ފަހަރެވެ. މި ދަތުރުފުޅުގައި ވެސް ރާއްޖެ އާއި އިންޑިއާ ސަރުކާރާއި ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އުތުރުން އެކިއެކި އެއްބަސްވުންތަކުގައި ދެ ގައުމުގެ މެދުގައި ސޮއިކުރުން ހިމެނެއެވެ.

ޖައިޝަންކަރުގެ ދަތުރުފުޅުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ އިންޑިއާގެ އެހީގައި ތަރައްޤީކުރުމަށް ނިއްމާފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫއު އިފްތިތާހުކުރުމެވެ. މި ރަސްމިއްޔާތު އޮންނާނީ ހދ. ހަނިމަދޫގައެވެ.

މިވަގުތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އުތުރުގެ އަތޮޅުތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅެއްގައެވެ. ރައީސް ސޯލިހު ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ތަރުޖަމާން މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އެކްޓާރނަލް މިނިސްޓަރު ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަންނަވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay