logo

ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ

profile

އާމިނަތު ޝަފާ - 17 އޯގަސްޓު 2024 - 08:30

ވަކީލުންތަކެއްް ހުވާކުރައްވަނީ

ވަކީލުންތަކެއްް ހުވާކުރައްވަނީ

ދިވެހި ރާއްޖޭގެ ބާ ކައުންސިލަށް ސެކެޓްރީ ޖެނަރަލެއް ހޯދަން އިއުލާން ކޮށްފިއެވެ.

ބާ ކައުންސިލުން ބުނީ އެމަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 40،500 ރުފިޔާ ލިބޭނެކަމަށެވެ.

ބާ ކައުންސިލުން ކުރި އިއުލާނެއްގައިވާ ގޮތުން ކައުންސިލްގެ އެސްޖީއަކު ހޯދަން މި މަހުގެ ފަސް ވަނަ ދުވަހު ކުރި އިއުލާނަށް ތަރުހީބު ލިބިފައެއް ނުވެ އެވެ. އެހެންވެ އަނެއްކާވެސް ވަނީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.

އެއް އަހަރު ދުވަހުގެ މަގާމުގެ ޝަރުތުތަކަކީ:

- ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާ އެކު، ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

- ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭފަދަ މައްސަލައެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން އަދި

- ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތުތަބާ ކައުންސިލުގެ އެންމެހައި އިދާރީ މަސްއޫލިއްޔަތުތައް ދުވަހުން ދުވަހަށް ހިންގުމާއި އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމާއި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލު އުފެދުނީ 2019 ވަނަ އަހަރުގެ ޖުލައިމަހުގެ 17 ވަނަ ދުވަހުއެވެ.

https://int.etukuri.mv/
tel:+9607331319