logo

ބާ ކައުންސިލް ރައީސްގެ މަގާމަށް ދެ ބޭފުޅަކު ވާދަކުރައްވަނީ

profile

އަހުމަދު ޒަލީފު - 26 ފެބްރުއަރީ 2024 - 12:54

--

--

ހުސްވެފައިވާ ބާ ކައުންސިލް ރައީސްގެ މަގާމަށް ދެ ފަރާތަކުން ކުރިމަތި ލައްވައިފިއެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ވިޝާމް ކުއްލިގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ޤާނޫނީ ވަކީލް ޙުސައިން ސިރާޖް އަދި ޤާނޫނީ ވަކީލް މުޙައްމަދު ފައިޞަލްއެވެ. މީގެއިތުރުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލައްވާފައިވަނީ އަޙްމަދު ޝިފާޢު އެކަންޏެވެ.

ކައުންސިލުގެ ރައީސްގެ އިތުރުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަގާމަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު، ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހުއެވެ.

ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލާ މީހަކީ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެއެވެ. އަދިޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުމާއި ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.

https://int.etukuri.mv/
tel:+9607331319