
ޑައިވިން ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ފަށަން ޓުރިޒަމް މިނިސްޓްރީން ވަނީ ނިންމާފައި:
ޑައިވިން ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ފަށަނީ

އާމިނަތު ޝަފާ - 28 ސެޕްޓެމްބަރު 2024 - 11:18
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޑައިވިން ގަވާއިދަށް ޑައިވަރުންގެ ކަންބޮޑުވުން އޮތުމާއެކު އެ ގަވާއިދު އެ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރު ހުޅުވުމުން ފަށާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ފާހަގަކުރި ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށް ބޭއްވި "ފުވައްމުލައް ޓޫރިޒަމް އެވޯޑު 2024" ގެ ހަފުލާގައި ޓޫރިޒަމް މިނިސްޓަރ މުހައްމަދު ފައިސަލްވަނީ، މިވަގުތު ރާއްޖޭގައި އަމަލުކުރަނީ ވަރަށް ގިނަ ދުވަސްވީ ޑައިވިން ގަވާއިދަކަށް ކަމަށާއި އޭގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވާ ކަން ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ އެ ގަވާއިދުގައިވާ ގޮތުންނަމަ ޑައިވްކުރުމަށް ފަހު، ވައިގެ ދަތުރު ކުރެވެނީ 24 ގަޑިއިރު ފަހުން ނަމަވެސް، އެހެން ގައުމުތަކުގައި 18 ގަޑިއިރު ފަހުން ދަތުރު ކުރެވޭ ގޮތަށް އޮންނަ ކަމަށާއި އެހެންވެ، ފަންނީ ބޭފުޅުންނާ މަޝްވަރާކޮށް، ގަވާއިދަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މިކަމާ ގުޅިގެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް ގަވާއިދު ފައިނަލް ކުރުމުގެ މަސައްކަތްކޮށް، ކަމާ ގުޅުންހުރި ހުރިހާ އެންމެންގެ ލަފަޔާއި މަޝްވަރާއާއެކު ޒަމާނަށް ފެތޭ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް މިނިސްޓްރީން ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޑައިވިން ގަވާއިދަކީ 1991 ވަނަ އަހަރު އެކުލަވާލެވުނު ގަވާއިދެކެވެ.
27 އަހަރުވީ ގަވާއިދަށް ޒަމާނީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން މިހާރުވެސް އަންނަނީ ގޮވާލަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން