logo

ކާވާ ވޮލީބޯޅަ ޗެލެންޖުގައި ވާދަކުރާ ޓީމަށް ޖާޒީ ހަވާލުކޮށްދެއްވައިފި

profile

އާމިނަތު ޝަފާ - 05 ސެޕްޓެމްބަރު 2024 - 12:34

ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފި އެވެ.

އަންނަ ހުކުރު ދުވަހު މާލޭގައި ފަށާ މުބާރާތުގައި ހަތަރު ގައުމަކުން ވާދަކުރާނެއެވެ. އެއީ ތަޖިކިސްތާން، ކިރިގިސްތާން، އަފްގާނިސްތާންގެ އިތުރުން ދިވެހިރާއްޖެއެވެ.

މިމަހުގެ 6 އިން 11 އަށް ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ދިވެހި ޓީމަށް ވަޒީރު ރާފިޢު ޖާޒީ ހަވާލްކޮށްދެއްވީ އެކަމަށްޓަކައި ޒުވާނުންގެ މަރުކަޒުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ޤައުމީ ޓީމް އިއުލާން ކުރުމުގެ އިތުރުން، ޓީމުގެ ކެޕްޓަނާއި ވައިސް ކެޕްޓަންވެސް އިއުލާން ކޮށްފައެވެ. ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ކުޅަދާނަ އެޓޭކަރު ހައްވާ ރާޝިދާއެވެ. އަދި ޓީމްގެ ވައިސް ކެޕްޓަނަކީ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރުއެވެ.

tel:+9607331319