logo

ނައިބުރައީސްގެ މެސެޖް ގައުމީ ޓީމަށް: ތިޔައީ ދިވެހީންގެ ޗެމްޕިއަނުން

profile

ޒިދާން މުޙައްމަދު - 12 ސެޕްޓެމްބަރު 2024 - 11:37

ދިވެހިރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމް --- ފޮޓޯ: ފޭސްބުކް/ ނައިބުރައީސް

ދިވެހިރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމް --- ފޮޓޯ: ފޭސްބުކް/ ނައިބުރައީސް

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024ގެ ފައިނަލުގައި އެންމެ ބޭނުންވި ނަތީޖާ ނުހޯދުނު ނަަމަވެސް، ދިވެހިރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިނަކީ ދިވެހީންގެ ޗެމްޕިއަނުން ކަމަށް ވިދާޅުވެ ނައިބުރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ހިތްވަރުގެ މެސެޖެއްދެއްވައިފިއެވެ.

ބުދަ ދުވަހުގެރޭ އޮތް މެޗަށްފަހު ނައިބުރައީސް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، ދިވެހި ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ދެއްކި ހިތްވަރާ މޮޅުކުޅުމަށް ސާބަސް ދަންނަވާފައެވެ. އަދި ކުޅުންތެރިންގެ ހުނަރާއި ވާދަވެރިކަމުގެ ރޫޙާމެދު ފަޚުރުވެރިވާކަން ފާހަގަކުރައްވައި ނައިބުރައީސް ވަނީ އެންމެ ބޭނުންވި ނަތީޖާ ނުލިބުނު ނަމަވެސް "ތިޔައީ ދިވެހިންގެ ޗެމްޕިއަނުން" ކަމަށް ވިދާޅުވެ ގައުމީ ޓީމަށް ހިތްވަރުދެއްވާފައެވެ.

ކާވާ ވިމެންސް ވޮލީ ބޯލް ޗެލެންޖު ކަޕް 2024 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބުރައީސްއެވެ.

ސޯޝަލް ސެންޓަރުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމާއި ކިރިގިސްތާންގެ ޓީމެވެ. މި މެޗް ދެ ސެޓު ތިންސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކިރިގިސްތާންގެ ޓީމެވެ.

ކާވާ ވިމެންސް ވޮލީ ބޯލް ޗެލެންޖު ކަޕް 2024 ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޗެމްޕިއަން ޓީމަށް ރަން މެޑަލް ހަވާލުކޮށްދެއްވީ ނައިބްރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. އަދި ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ނައިބުރައީސްއެވެ.

ދިވެހި ގައުމީ ވޮލީޓީމް ކާވާ އަންހެން ވޮޅީ ބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅުނު މިއީ ދެވަނަ ފަހަރެވެ. އަދި ބައިނަލްއަޤްވާމީ މުބާރާތެއްގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދީ ގައުމަށް ރީތި ނަން ހޯދައިދިން މިއީ ތިން ވަނަ ފަހަރެވެ.

މި ސެޕްޓެމްބަރު މަހުގެ 6 އިން 11 އަށް ކުރިއަށްދިޔަ މި މުބާރާތުގައި ވާދަކުރީ ދިވެހިރާއްޖެ، އަފްޣާނިސްތާން، ކިރްގިސްތާން އަދި ތަޖިކިސްތާނެވެ.

tel:+9607331319