logo

ޖަޕާނު އަންހެން މީހާ ދޫކޮށްލައިފި! ކޮންމެ ދުވަހަކު އިމިގްރޭޝަން އަށް ހާޒިރު ވާންޖެހޭނެ!

profile

ޔޫޝައު ހަސަން - 19 ފެބްރުއަރީ 2023 - 13:47

މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅުނު ޖަޕާން އަންހެން މީހާ

މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅުނު ޖަޕާން އަންހެން މީހާ

މީގެ ހަފްތާއެއްހާ ދުވަސްކުރިން މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅެ ޖަޕާނަށް ނިސްބަތްވާ އަންހެން މީހެއްގެ ވަހަކަ މީސްމީޑިޔާގެ ސަމާލުކަމަށްއައިސްފައެވެ.

https://wamco.com.mv/

މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅުނު ޖަޕާން މި އަންހެން މީހާ، ތަހުގީގަށް ޖަވާބުދާރީވާން ކޮންމެ ދުވަހަކު އިމިގްރޭޝަނަނަށް ހާޒިރުވާންޖެހޭ ގޮތަށް މިހާރު ބަންދުން ދޫކޮށްލައިފައިވާކަމުގައި އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މަގުމަތިން ފެންނަ ގިނަ އަދަދެއްގެ މީހުން ކައިރިން ސަލާން ޖަހަން އުޅޭ މައްސަލަ ރިޕޯޓުކުރެވި އެކަމުގެ ތަހުގީގަށް މި އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފުލުހުން ފަހުން ވަނީ އޭނާ އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ.

އިމިގްރޭޝަނުން މިދިޔަ ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޖަޕާން އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިިޑެންޓް ވިސާގައި ރާއްޖޭގައި އުޅޭ މީހެއް ކަމަށާއި މުޖުތަމައުގެ އާންމު ހަމަޖެހުމާއި ރައްކާތެރިކަމާ ގުޅުވައިގެން އެ އަންހެން މީހާއާ ގުޅޭ ގޮތުން، އިމިގްރޭޝަންގެ ގާނޫނާ ހިލާފު ކަމެއް ހިމެނޭތޯ ބަލަމުންދާ ކަމަށްވެސް އިމްިގްރޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

ސަލާންޖަހަން މަގުމަތީގައި އުޅޭ މި އަންހެން މީހާ ބައެއް މީހުން ކައިރީ ބުނަމުން ދިޔައީ އޭނާ ވަރިކޮށްލުމަށްފަހު ގެއިން ނެރުނީ "ރޭގައި" ކަމަށެވެ. އަދި ބަލިވެގެން ]ބޭސްފަރުވާއަށް ރުފިޔާ ނެތްކަމުގައިވެސް މި އަންހެން މީހާ ބައެއް މީހުން ކައިިރި ބުނެފައި ވާކަމަށް ވެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay