logo
ޗައިނާގެ ފަތުރުވެރިންތަކެއް

ޗައިނާގެ ފަތުރުވެރިންތަކެއް

ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

profile

މުޙައްމަދު މުއައްވަޒު - 29 އޭޕްރީލު 2023 - 06:42

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ އެވެ.

https://wamco.com.mv/

ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައިވަނީ، މިއަހަރު ޖެނުއަރީމަހު ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމައެކު އެވެ. ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ދެ އެއާލަނަކުން އަންނަނީ ކުރަމުންނެވެ. އެއީ ކެޕިޓަލް އެއާލައިން އާއި ޗައިނާ އީސްޓާން އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެހެން އެއާލައިންތަކުންވެސް ޗައިނާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 666،830 އެއްހާ ފަތުރުވެތިން ވަނީ ރާއްޖެއަށް އައިސްފައެވެ. ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 5،749 ފަތުރުވެރިން ރާއްޖެއަށް އެތެރެވެއެވެ.

ޗައިނާ މިހާރު އޮތީ ރާއްޖޭގެ ފަތުރުވެރިންގެ މާކެޓްގެ 7 ވަނައިގައެވެ. އެއްވަނައިގައި އޮތީ ރަޝިއާއެެވެ. މާކެޓް ޝެއާގެ 2ވަނައިގައި އިންޑިއާ އޮތް އިރު ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އެވަރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay