
ގޯލް ޖެހުމަށްފަހު ލިވަޕޫލް ކުޅުންތެރިން އުފާ ފާޅުކުރަނީ
ލިވަޕޫލް ގަދަ ހަތަރެއްގެ އުއްމީދު ބޮޑުކޮށްފި

އަހުމަދު ލައްމާހު އަޒީޒު - 23 އޭޕްރީލު 2023 - 07:02
ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން މޮޅުވެ، ލިވަޕޫލުން ގަދަ ހަތަރެއްގެ އުއްމީދު ބޮޑު ކޮށްފި އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ލިވަޕޫލްއިންނެވެ. މި ލަނޑު މެޗުގެ ދެވަނަ ހާފު ފެށިގެން ދެވަނަ ވަނަ މިނިޓްގައި ކާމިޔާބުކުރީ ޑިއޯގޯ ޖޮޓާގެ އެވެ. އަދި އޭގެ ފަސް މިނުޓުގެ ފަހުން ނެކޯ ވިލިއަމްސް ވަނީ ފްރޮސްޓް އަށް ނަތިޖާ އެއްވަރު ކޮށްދީފައެވެ. ލިވަޕޫލުން ޖޮޓާ އަނެއްކާ ވެސް ވަނީ ފަސް މިނިޓު ފަހުން ގޯލެއް ކާމިޔާބުކޮށް ލީޑު ހޯދާފައެވެ.
ފޮރެސްޓަށް ދެ ވަނަ ފަހަރަށް ނަތީޖާ އެއްވަރު ކޮށްދިނީ 67 ވަނަ މިނިޓުގައި މޯގަން ވައިޓް ގިބްސް ޖެހި ގޯލުންނެވެ އެވެ. އޭގެ ތިން މިނިޓު ފަހުން ލިވަޕޫލް މޮޅުކޮށްދިން ގޯލު ޖަހައިދިނީ މުހައްމަދު ސަލާހެވެ.
ރޭގެ މެޗާއެކު ނަތީޖާއާ އެކު ލިވަޕޫލް އޮތީ ކުޅުނު 31 މެޗުން 50 ޕޮއިންޓް ހޯދައި ތާވަލުގެ ހަތްވަނައިގައެވެ. ނޮޓިންހަމް ފްރޮސްޓް އޮތީ ކުޅުނު 32 މެޗުން 27 ޕޮއިންޓާއެކު ތާވަލުގެ ފުލުން އެންމެ ދެވަނާގައެވެ.
ލިވަޕޫލް ހަތްވަނާގައި އޮތީ ތާވަލުގެ ފަސް ވަނައިގައި އޮތް ޓޮޓެންހަމްއާ ތިން ޕޮއިންޓްގެ ފަރަގެއް އޮވެގެން ނެވެ. ލިވަޕޫލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވެ އަދި ފަހު ދެ މެޗުން ވަނީ މޮޅުވެސް ވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރޮބާޓޯ ފިރްމީނޯ ލިވަޕޫލްގައި އަބަދަށް މަޑުކުރަން ޖެހޭ : ފެބީނިއޯ
2 އަހަރު ކުރިން

ސަލާހު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ބޯންމައުތު އަތުން ލިވަޕޫލް ބަލިވެއްޖެ
2 އަހަރު ކުރިން

އޮޒިލް ފުޓްބޯޅަ އިން ރިޓަޔާކޮށްފި
2 އަހަރު ކުރިން

އިނގިރޭސި ޕްރިމިއާ ލީގުގެ ހޯލް އޮފް ފޭމްގައި ސަރ އެލެކްސް ފާގަސަން އާއި އާސެން ވެންގާ ހިމަނައިފި
2 އަހަރު ކުރިން