
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް
މިސަރުކާރުން ވައްކަން ފިޔަވައި އިތުރުކަމެއް ނުކުރޭ: މަލީހް

މުޙައްމަދު ފަޟްލޫން - 26 ނޮވެމްބަރު 2026 - 11:26
މިސަރުކާރުން ވައްކަމާއި ކޮރަޕްޝަން ފިޔަވައި އިތުރުކަމެއް ނުކުރާ ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ރޭ އާޓިފިޝަލް ބީޗްގައި ގައުމީ ހަރަކާތުން ބޭއްވި އެއްވުމުގައި މަލީހް ވިދާޅުވީ މިސަރުކާރުން ގާނޫނު އަސާސީ އާއި ހިލާފަށް ރައްޔިތުންގެ އެތައް ހައްގެއް ނިގުޅައިގަނެފައިވާ ކަމަށެވެ.
މިސަރުކާރުން ޕީއެންސީއަށް ވަގަށް މީހުން ވައްދާ ކަމަށް ތުހުމަތު ކުރައްވައި މަލީހް ވިދާޅުވީ ޕާޓީއަށް 1 ލައްކަ މީހުން ހަމަކުރަން ވަގަށް އައިޑީކާޑު މައުލޫމާތާއި ސޮއި އިލެކްޝަންސް ކޮމިޝަނަށްދީގެން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ކާލަން މަސައްކަތްކުރަމުންދާ ކަމަށެވެ.
އެއްވެސް އެނގުމަކާއި ނުލާ އެތައް ބަޔަކު ޕީއެންސީއަށް ވައްދަމުންދާކަން ފާހަގަކުރައްވައި މަލީހް ވަނީ އެފަދަ ކަންކަމަކީ ބޮޑެތި ވައްކަންތައް ކަމަށް ވިދާޅުވެފައެވެ.
މަލީހް ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ބިމާއި އައިޑީކާޑުން ވައްކަން ކުރުން ހުއްޓާލަން ގޮވާލައްވާފައެވެ.
ގޭހުންނާއި ބަޖެޓުންނާއ، އެމްޕީއެލް އިންނާއި އެއަރޕޯޓް އަދި ތެލުން ވައްކަން މިސަރުކާުރުން ކުރަމުންދާ ކަމަށް މަލީހް ވިދާޅުވިއެވެ.
މުޅި ސަރުކާރުގެ ތެރޭގައި އޮތީ ވައްކަން ކަމަށާއި މުލިއާގޭގައި މަތިމައްޗަށް ކަރޯކޭ ރޫމް ހަދައި ރައީސް އޮފީހުގައި މަތިމައްޗަށް އެލްސޯފާ ޖެހިއަސް މައްސަލައެއް ނެތް ކަމަށް މަލީހް ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ބިން ނުލިބި ތިއްބައި ބޭރުގެ ބަޔަކަށް ރަސްމާލޭގެ ބިމުން ބޮޑު ބައެއް ވިއްކާލާތީ މަލީހް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސްޑރ މުއިއްޒު ރަސްމާލެ މަޝްރޫއު ހުއްޓާލަން ގޮވާލައްވައި އެކަން ނުކުރެވިއްޖެނަމަ ގެއަށްވަޑައިގަންނަވަން ޖެހޭނެ ކަމަށް މަލީހް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ވައިގެ ސަރަހައްދަށް ވަދެއްޖެނަމަ ބޯޓުތައް ވައްޓާލާނެ ކަމަށް ބުނެ އީރާނުން އިންޒާރުދީފި
12 ގަޑިއިރު ކުރިން

އިލިޔާސް އިބްރާހީމަށް ދައުލަތުން ފައިސާ ދީފިނަމަ އެއީ ސީދާ ކޮރަޕްޝަން: މަލީހް
15 ގަޑިއިރު ކުރިން

މިއަދު ގާނޫނުތައް ހަދަނީ އަލް އައްބާރު ބުނާގޮތަށް: މައުރޫފް
16 ގަޑިއިރު ކުރިން

ނިލަންދޫގައި ބިރުވެރިކަން އުފެދޭ ގޮތަށް ޢަމަލުކުރި ބައެއްގެ މައްސަލަ ސާބިތުނުވި ނިންމުން އިސްތިއުނާފު ކުރަނީ
16 ގަޑިއިރު ކުރިން


