logo

ސްކޭމް މައްސަލައެއްގައި ހިމެނޭ މީހަކު ފުލުހުން ހޯދަނީ

profile

އާމިނަތު ޝަޒްލާ - 19 ޖޫން 2026 - 09:13

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ތުހުމަތުކުރެވޭ މީހަކު ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

https://wamco.com.mv/

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ އޭޓީއެމްއެއްގެ ކައިރީގައި ހަރަކާތްތެރިވާ ޒުވާން ފިރިހެނެކެވެ. ފުލުހުން ހާމަކުރި ގޮތުގައި، މިހާތަނަށް ކުރެވުނު މަސައްކަތުން އެ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

undefined

އެ ވީޑިއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، އެންޓި-ސްކޭމް ސެންޓަރުގެ ހޮޓްލައިން ނަންބަރު 9212020 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކުށްކުރާ ފަރާތްތައް ހޯދައި ގާނޫނުގެ ކުރިމައްޗަށް ގެނައުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުން ދަނީ ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދާދިފަހުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް" ގެ ތެރެއިން، ރާއްޖެއިން ބޭރަށް ފޮނުވާލާފައިވާ ގިނަ އަދަދެއްގެ ފައިސާ ހިފަހައްޓާފައިވާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk