
ކަނޑުމަގުން އެތެރެކުރަން އުޅުނު 15 ހާހަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި

އާމިނަތު ޝަޒްލާ - 19 ޖޫން 2026 - 15:25
ދިވެހިރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 15,601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން މިހާތަނަށް އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓެވެ.
ކަސްޓަމްސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މާލެ ކޮމާޝަލް ހާބަރަށް ގެނައި ޝިޕްމަންޓެއްގައި ޤާނޫނާ ޚިލާފު ތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން، ޖޫން މަހުގެ 18 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22,309 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ އިދާރީ ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލުތަކާމެދު މޭޔަރު ސައުދު ސުވާލު އުފައްދައިފި
23 މިނިޓު ކުރިން

ޕީއެންސީ އޮތީ ރައީސް އާއެކު ގަދަކޮށް: އަބްދުއްރަހީމް
23 މިނިޓު ކުރިން

ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެންމެންގެ އެހީތެރިކަން ބޭނުންވޭ: ރައީސް
4 ގަޑިއިރު ކުރިން

" ފަރުމަސްވެރިކަމުގެ މުބާރާތް" 91 ޓީމާއެކު ފަށައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)