logo

ޕީއެންސީ އޮތީ ރައީސް އާއެކު ގަދަކޮށް: އަބްދުއްރަހީމް

profile

އާމިނަތު ޝަޒްލާ - 19 ޖޫން 2026 - 16:36

ޕީއެންސީ ބައިބައިކުރުމަށްޓަކައި ދައްކަމުންދާ އެއްވެސް އަސާސެއް ނެތް ވާހަކަތަކަކުން އެ ޕާޓީގެ ސަފުތަކަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމަށާއި، މުޅި ޕާޓީ އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ސާބިތުކަންމަތީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ، ޕީއެންސީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ބަޔާންކޮށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.

ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ތުހުމަތުކުރައްވައި، ޢަބްދުއްރަހީމް ވަނީ އެފަދަ ވާހަކަތަކުން ޕާޓީގެ އެއްބައިވަންތަކަމަށް ބުރޫ ނޭރުވޭނެ ކަމަށް ވިދާޅުވެ ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.

ޢަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭރު ފުށުން ފެންނަ ކޮންމެ ވާހަކަޔަކަށް ޕީއެންސީގެ ބަދަހިކަން ނުގުޑާނެއެވެ. އެ ޕާޓީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ފުރިހަމައަށް އިންތިޒާމުވެފައިވާ ސިޔާސީ ހަރަކާތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ހިކުމަތްތެރި ލީޑަޝިޕްގެ ދަށުން ޕީއެންސީ ކުރިއަށްދާނީ ބިނާކުރަނިވި ފިކުރެއްގެ މަތީގައި ކަމަށާއި، ޕާޓީގެ އެންމެ އިސް މަސްލަހަތަކީ ދިވެހި ގައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާ ކަމުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. "މުޅި މި ޕާޓީ އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ގަދަކޮށް،" ކަމަށް ވިދާޅުވެ، ޢަބްދުއްރަހީމް ވަނީ ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަމުގެ ޔަގީންކަން ދެއްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk