logo

" ފަރުމަސްވެރިކަމުގެ މުބާރާތް" 91 ޓީމާއެކު ފަށައިފި

profile

ރިޟްވާން މޫސާ - 19 ޖޫން 2026 - 12:58

މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ރަށު ކައުންސިލްތަކުން އިންތިޒާމު ކޮށްގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތް ފަށައިފި އެވެ.

https://wamco.com.mv/

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން އެ މުނާސަބާތް ފާހަގަކުރުމަށް ފެށި މި ޕްރޮގްރާމަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މި މުބާރާތް ފަށާފައިވަނީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

undefined
މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައިވެސް މިމުބާރާތުގައި ގިނަ އަދަދަކަށް ޓީމުތައް ބައިވެރިވެފައިވަނީ މި މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކުގެ ސަބަބުން ނޫން ކަމަށާއި މިކަމުން ދޭހަވަނީ މިފަދަ ހަރަކާތްތަކަށް މީހުން ޝައުޤުވެރިވާ މިންވަރު ކަމަށެވެ. އަދި މި ހަރަކާތް އިންތިޒާމް ކުރުމަށް ރަށްރަށުގެ ކައުންސިލުތަކުން އަދާކޮށްފައިވާ ދައުރު ފާހަގަކުރެއްވިއެވެ.

undefined

މި މުބާރާތުގައި ބައިވެރި ވުމަށް ހުޅުވާލުމުން އަތޮޅުތެރެއިން 64 ރަށަކުން ޖުމްލަ 91 ޓީމު ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުން 1 ވަނައަށްދާ ޓީމަކަށް 30000 ރުފިޔާ، 2 ވަނައަށްދާ ޓީމަކަށް 25000 ރުފިޔާ އަދި 3 ވަނައަށް ދާ ޓީމަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެންމެ ބަރު މަސް ބާނާ ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެޗްޑީސީގެ ފަރާތުން މާލެ ސަރަހައްދުން ވަނަތަކަށް ދާ ފަރާތްތަކަށް ޚާއްސަކޮށް އިނާމު ހުށަހަޅާފައިވާ ކަމަށް އެވުޒާރާއިން މައުލޫމާތު ދެއްވައެވެ.

undefined

އެޗްޑީސީން ވަނީ، މާލެ ސަރަހައްދުން 1 ވަނައަށް ހޮވޭ ފަރާތަކަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ އަދި 3 ވަނައަށް 5،000 ރުފިޔާ ހުށަހަޅާފައެވެ. އަދި މާލެ ސަރަހައްދުން ބައިވެރިވާ ޓީމަކުން އެންމެ ބަރުމަސް ބާނާ ފަރާތަކަށް އެޗްޑީސީން 2،000 ރުފިޔާ ހުށަހަޅާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk