logo

ޢާޝޫރާ ދުވަހު ރޯދަހިފުން ސުންނަތެއްކަމުގައި ވަނީ ޝުކުރުވެރިވުމުގެ ގޮތުން : ޚުޠުބާ

profile

އާމިނަތު ޝަޒްލާ - 19 ޖޫން 2026 - 09:12

ޢާޝޫރާ ދުވަހު ރޯދަހިފުން ސުންނަތެއްކަމުގައި ލައްވާފައިވަނީ. މޫސާގެފާނާއި އެ ކަލޭގެފާނަށް އީމާންވީ މީހުން ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވިކަމަށް ޓަކައި ޝުކުރުވެރިވުމުގެ ގޮތުންކަމަށް މިއަދުގެ ހުކުރު ޚުޠުބާ ބުނެފިއެވެ.

https://wamco.com.mv/

އަދުގެ ހުކުރު ޚުޠުބާގެ މުޢުޟޫއަކީ "ޢާޝޫރާ ދުވަސް" މިއެވެ.

ޢާޝޫރާދުވަހު ރޯދަހިފުމުގެ ތިން ދަރަޖައެއްވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާދުވަހާ އެކު އެއް ދުވަސް ކުރީންނާއި އެއް ދުވަސް ފަހުން ރޯދަ ހިފުމެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާގޮތް ކަމުން އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަހިފުމެވެ.

ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ ޢަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް، ހެޔޮ ޢަމަލުތަކުގެ މައްޗަށް މީސްތަކުން ތަރުބިޔަތުވެ، ޢަމަލީގޮތުން އޭގެ ތެރެއަށް ވަނުމަށް މާތް الله ހުޅުއްވައިދެއްވައިފައިވާ ދޮރެއް ކަމަށާއި، އަހަރުގެ އެކި ހިސާބުގައި މި ފަދަ ތަފާތު ދުވަސްތައް އައުމުން ނަފުސު އެ ކަންކަމަށް ހޭނުވުމަށް ފުރުޞަތުލިބޭ ކަމަށް ހުކުރު ޚުޠުބާގައި ވަނީ ބުނެފައެވެ.

ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުން ސަލާމަތްވީ ހާދިސާއިން އެނގެނީ، މާތް اللهއަށް އިތުބާރުކޮށް އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަންކަމެވެ. މާތްاللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަންއުޅޭ މީހުންނަށް މާތްالله ގަދަފަދަ ޢަޛާބުދެއްވައި ނެތިކުރައްވާނޭކަން ކަމުގައި ވަނީ ޚުޠުބާގައި ބުނެފައެވެ.

ޚުޠުބާގައި ވަނީ މާތް اللهއަށް ބިރުވެތިވެ، އެކަލާނގެ މަތީން ހަނދުމަކުރުމަށް ހަނދާންކޮށްދީ، މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާންޖެހޭނޭ ދުވަހެއް އަންނާނޭކަން ދަނެ އެކަލާނގެއަށް ބިރުވެތިވެ ތަޤުވާވެރިވުމަށް ގޮވާލާފައެވެ.

ޢާޝޫރާ ދުވަސް ފަދަ ޙާދިސާތަކުގައި ގިނަގުނަވެގެންވާ ޢިބުރަތްތަކާއި ފިލާވަޅުތައް ލައްވައިފައިވަނީ މާތް اللهއަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ރަސޫލުން ބޮޑެތި މުޞީބާތްތަކުންނާއި އާފާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، މީސްތަކުންގެ އީމާންކަން ހަރުދަނާކުރެއްވުމަށްޓަކައި ކަމަށް ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk