
ބީއެމްއެލްގެ ކޯ ބޭންކިންގ ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރަނީ

މުޙައްމަދު ފަޟްލޫން - 21 ޖުލައި 2026 - 08:23
ބޭންކް އޮފް މޯލްޑިވްސްގެ ކޯ ބޭންކިންގ ނިޒާމު އިތުރަށް ތަރައްޤީކޮށް، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި 'ފިނަސްޓްރާ އެސެންސް' ޕްލެޓްފޯމް ބޭނުންކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.
މި އާ ނިޒާމާއެކު، ބޭންކުގެ މަސައްކަތްތައް ކުރިއަށްވުރެ ހަރުދަނާވެ، ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި، މި ޕްލެޓްފޯމް އިހުތިޔާރުކުރީ އައު އީޖާދީ އުފެއްދުންތައް އަވަސް މުއްދަތެއްގެ ތެރޭގައި ބާޒާރަށް ނެރެ، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައެވެ.
ފިނަސްޓްރާ އެސެންސް ގާއިމުކުރުމުން ބޭންކަށް ލިބޭނެ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި ހިމެނެނީ:
އައު އުފެއްދުންތަކާއި ހިދުމަތްތައް ކުރު މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން.
އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުކޮށް، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުން.
އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރިލޭޝަންޝިޕް މެނޭޖަރުންނަށް އިތުރު ފުރުސަތުތައް ފަހިވުން.
ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގ ޚިދުމަތްތައް އެންމެ ޒަމާނީ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން.
މިކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ މައިގަނޑު އަމާޒަކީ މެދުކެނޑުމެއްނެތި އައު އީޖާދުތައް ތައާރަފުކޮށް، ކަސްޓަމަރުންނަށް ދިގު މުއްދަތުގެ މަންފާއާއި ކުރިއެރުން ހޯދައިދިނުން ކަމަށެވެ.
ފިނަސްޓްރާ އެސެންސްއާއެކު ބޭންކް އޮފް މޯލްޑިވްސްއިން ފެށި މި މަސައްކަތަކީ، ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވިއެވެ.
ފިނަސްޓްރާގެ ޔުނިވަރސަލް ބޭންކިންގްގެ އީވީޕީ ޝަވާން ބައިރަން ވިދާޅުވީ، ބީއެމްއެލްގެ ހިދުމަތްތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މީގެ އިތުރުން، ބޭންކުން އަމާޒު ހިފާފައިވާ ކުރިއެރުމާއި ބަދަލުތައް ހާސިލުކުރުމުގައި ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، ފިނަސްޓްރާ އެސެންސް އިހްތިޔާރުކުރީ އެ ޕްލެޓްފޯމުގައި ހިމެނޭ ހިދުމަތްތަކުގެ ފުރިހަމަކަމާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އިތުރުން، ބޭންކުގެ ބޭނުންތަކަށް ފަސޭހައިން ބަދަލުކުރެވޭ ފްލެކްސިބިލިޓީގެ ސަބަބުންނެވެ.
މި ނިންމުން ނިންމުމުގައި ފިނަސްޓްރާގެ މަސައްކަތްތަކުގެ ފެންވަރާއި، ބައިނަލްއަގުވާމީ ބާޒާރުގައި އެ ކުންފުންޏަށް އޮތް އިތުބާރާއި، ޕްރޮޖެކްޓް ވަޒަންކުރުމުގެ މަރުހަލާގައި އެ ކުންފުނިން ދެއްކި މަތީ ފަންތީގެ ހުނަރުވެރިކަމަށް ރިއާޔަތްކޮށްފައިވާނޭ ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިއީ ހަރަދުކުޑަކޮށް ކަމަރުބަނދެ މުއްބާރުކުރަންވީ ވަގުތު: ރައީސް ނަޝީދު
7 ގަޑިއިރު ކުރިން

ރާއްޖޭގެ ވެރިއަކަށް ހުންނަ މީހަކު ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭންޖެހޭ: ރައީސް ނަޝީދު
8 ގަޑިއިރު ކުރިން

ބްރިޖާއި ހައިވޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް
8 ގަޑިއިރު ކުރިން

ހިމަބިހި ޖެހޭ މީހުންގެ އަދަދު މަދެއް ނުވޭ، ބަލި ޖެހުނު މީހުންގެ އަދަދު 166 އަށް
8 ގަޑިއިރު ކުރިން


.gif&w=3840&q=75)