logo

ކަޅުބިލަ މަސް ކިލޯއެއްގެ އަގު މިފްކޯ އިން ބޮޑުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 07 ޖޫން 2026 - 10:05

މިފްކޯ އިން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

https://wamco.com.mv/

މިފްކޯއިން ހާމަކުރި ގޮތުގައި، މި ބަދަލަކީ މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވަމުންދާތީ، މަސްވެރި އާއިލާތަކަށް ކުރިމަތިވެދާނެ މާލީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ގެނައި ބަދަލެކެވެ.

މި އާ އަގާއެކު، މިފްކޯއިން މަސް ގަންނަ ރޭޓު މިހާރު ވަނީ އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގުތަކާ އެއްވަރުކޮށްފައެވެ.

މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް މަސްވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި، މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކުރުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، އެފަރާތްތަކަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ.

މިފްކޯއިން މިދިޔަ އަހަރުގެ ފަހުކޮޅުވެސް 18.50 ރުފިޔާއަށް މަސް ގަނެފައިވެއެވެ.

ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި، ކުންފުނީގެ އޮޕަރޭޝަންތަކަށް ކުރި ނޭދެވޭ އަސަރުތަކުގެ ސަބަބުން، މީގެ ކުރިން މަސް ގަންނަ އަގު ވަނީ 17 ރުފިޔާއަށް ދަށްކުރަން ޖެހިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk