logo

ގައްދޫ އައިސް ޕްލާންޓު ތަރައްގީކޮށް، ހިދުމަތް ދޭން ފަށައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 09 ސެޕްޓެމްބަރު 2024 - 09:50

ގައްދޫ އައިސްޕްލާންޓް

ގައްދޫ އައިސްޕްލާންޓް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ގދ.ގައްދޫ އައިސް ޕްލާންޓު ތަރައްގީކޮށް އަލުން ހިދުމަތް ދޭން ފަށައިފިއެވެ.

https://wamco.com.mv/

މިފްކޯއިން ބުނީ ގައްދޫ އައިސްޕަލާންޓުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ ފްލޭކްސް އައިސް އުފެއްދޭނެ ކަމަށެވެ. އަދި ފްލޭކްސް އައިސް އުފައްދާ އެހެން އައިސް ޕްލާންޓުތަކާ ހިލާފަށް އަމިއްލައަށް އައިސް ނެގުމުގެ ބަދަލުގައި، އައިސް ބަކެޓަށް ޕްލާންޓުގެ އެހީގައި އައިސް އެޅިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ. އެކަމުގެ ސަބަބުން މަސްވެރީންނަށް ފަސޭހައިން އައިސް ލިބިގެންދާނެ ކަމަށް ބުނެފައި ވެއެވެ.

ގައްދޫ އައިސްޕްލާންޓް ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރު އެވެ. އެ މަޝްރޫއުގެ ތެރެއިން އެ އައިސްޕްލާންޓުގެ ކެޕޭސިޓީ ވަނީ 25 ޓަނުން 50 ޓަނަށް އަޕްގްރޭޑް ކޮށްފ އެވެ.

ގައްދޫ އައިސް ޕްލާންޓުގެ އިތުރުން މިފްކޯގެ ބެލުމުގެ ދަށުން އިތުރު 5 ރަށެއްގައި އައިސް ޕްލާންޓުތައް އޮޕަރޭޓް ކުރަމުން އެބަދެއެވެ.

މިފްކޯއިން މިވަގުތު ހިންގާ އައިސް ޕްލާންޓުތައް

  1. ހޯރަފުށި - 25 ޓަނު (ފްލޭކްސް)
  2. މަޑުއްވަރި - 25 ޓަނު (ފްލޭކްސް)
  3. ގާފަރު - 25 ޓަނު (ފްލޭކްސް)
  4. ގައްދޫ - 50 ޓަނު (ފްލޭކްސް)
  5. ތިނަދޫ - 50 ޓަނު (ބްލޮކް އައިސް)
  6. ފުވައްމުލައް - 25 ޓަނު (ފްލޭކްސް)
  7. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް - 100 ޓަނު (ބްލޮކް އައިސް)
  8. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް - 80 ޓަނު (ބްލޮކް އައިސް)
  9. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް - 50 ޓަނު (ފްލޭކްސް)

މީގެ އިތުރުން މިފްކޯއިން ދަނީ ފެނަކައިގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ 18 އައިސް ޕްލާންޓާ ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެސް ވަމުންނެވެ.

https://wamco.com.mv/
tel:+9607331319