logo

ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅުވުމުން އުފާވޭ: ނަޝީދު

profile

ޝުރުފާ މުހައްމަދު - 07 އޮކްޓޯބަރު 2024 - 06:23

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިންޑިއާގެ ބޮޑުވަޒީރު----

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިންޑިއާގެ ބޮޑުވަޒީރު----

ރާއްޖެ އާއި އިންޑިއާއާއި ދެމެދު އޮތް ގުޅުން ރަނގަޅުވެފައިވާތީ އެކަމާ މެދު އުފާވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ފައްޓަވާފައިވާއިރު، އެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ދެ ގައުމުގެ ކަންކަން ހަމަ މަގަށް އެޅި ގުޅުން ބަދަހިވަމުންދާ މަންޒަރު ފެނުމަކީ ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާ އަކީ ސަގާފީ ގޮތުންނާއި ސަރަހައްދީގޮތުން ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދެ ގައުމުންކަން ފާހަގަކުރައްވާ ދެ ގައުމުގެ ގުޅުން އަބަދުވެސް މިގޮތުގައި ދެމި އޮތުން މުހިންމު ކަމުގައި ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، ރާއްޖެ އާއި އިންޑިއާގެ ގުޅުން މާ ރަނގަޅު ނޫން ކަމަށް ބުނި ނަމަވެސް، ވެރިކަމަށް ވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް މުއިއްޒު ވަނީ އެ ގައުމުގެ ވެރިންނާ އެކު އެކި މަޝްވަރާތައް ބާއްވާ ގުޅުން ރަނގަޅުކުރައްވާފަ އެވެ. އެގޮތުން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންފައިވާއިރު، އޭގެ ފަހުން އެ ގައުމުގެ ފޮރިން މިނިސްޓަރ ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ވަނީ ރާއްޖެ އަށް ޒިޔާރާތް ވެސް ކުރައްވާފަ އެވެ.

ަރައީސް މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސާގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

https://wamco.com.mv/
tel:+9607331319