
ޔޫއޭއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ޝަހްޒާ މުޙައްމަދު - 02 ޑިސެމްބަރު 2025 - 07:11
އެކުވެރި ޢަރަބި ޢިމާރާތުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޔޫއޭއީގެ ޤައުމީ ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒަޔެދް އަލް ނަޙްޔާނަށާއި ރައްޔިތުންނަށް ދަންނަވާ ކަމަށެވެ. އަދި އެކުވެރިކަމާއި އީޖާދީ ވިސްނުމާއި ކުރިއެރުމުގެ ތެރެއިން ލިބުނު ތަރައްޤީ ޔޫއޭއީގެ ޤައުމީ ދުވަސް ހަނދާންކޮށްދޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސަގެ ޕޯސްޓްގައި ވަނީ ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ޔޫއޭއީއަށް ދަތުރުފުޅެއް ކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ކުރީގެ ރައީސުންގެ އޮފީސް ހަރަދު އުނިކޮށް، ނައިބުންނަށް އިނާޔަތްލިބޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި
21 ގަޑިއިރު ކުރިން

ޒަކާތުގެ ފުރަތަމަ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި
ދުވަހެއް ކުރިން

ފަތުރުވެރިކަމުގެ ކުލި ކައުންސިލްތަކަށް ލިބޭގޮތައް އިސްލާހުގެނައި ބިލް ރައީސް ތަސްދީގުކުރައްވައިފި
ދުވަހެއް ކުރިން

ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބުލިބޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި
ދުވަހެއް ކުރިން


