
ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް

އައިޝަތު އިނާޝާ - 13 ޖެނުއަރީ 2026 - 20:07
މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑެމީން ގިނަ ހަރަކާތްތަކެއް އިންތިޒާމުކޮށްފިއެވެ.
ކޮންމެ އަހަރަކުވެސް ރާއްޖޭގައި ޅެންވެރީންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ޖެނުއަރީ މަހުގެ 15ވަނަ ދުވަހުގައެވެ. މި ދުވަހަކީ އަލްއުސްތާޛު އަލްމަރުހޫމް އިބްރާހީމް ޝިހާބުގެ ނަންފުޅުގައި ފާހަގަކުރާ ދުވަހެކެވެ. ޅެންވެރިކަމުގެ ދުނިޔޭގައި އެމަނިކުފާނު މާޝްހޫރުވެ ވަޑައިގެންފައިވަނީ ޝާއިރުއް ޝަބާބުގެ ލަގަބުންނެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ޅެންވެރީންގެ ދުވަސް ވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ކުރިޔަށް ދާނެކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މި ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދެވޭ ޕްރޮގްރާމުތަކާއި އެ ދުވަހުގެ ރަސްމީ ޖަލްސާ ހިމެނެއެވެ. ޅެންވެރީންގެ ދުވަހު ބާއްވާ ރަސްމީ ޖަލްސާއާއި، އޭގެ އިތުރަށް 3 ދުވަހުގެ މުއްދަތަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
ދިވެހި ވަޒަންބަހުރުވައަކީ ވަރަށް މުއްސަނދި އެއްޗެކެވެ. ދިވެހި ވަޒަންބަހުރުވައިގައި 7 ބާވަތް އޮވެއެވެ. އަދި އާ ޅެން އިތުރުވުމާއެކު ފަހުން 8 ބާވަތެވެ.
ދިވެހި ވަޒަންބަހުރުވައިގައި ހިމެނޭ ކޮންމެ ބާވަތަކުންވެސް އަސަރުތައް އެންމެ ފުންމިނަށް ކުރާނެހެން ބަސްތައް އެކި ވަޒަންތަކަށް އެކުލަވާ ހުށަހެޅެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންގްލަދޭޝްއިން އޮން-އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި
8 ގަޑިއިރު ކުރިން

އީރާނު އެމްބަސީ ޕޯސްޓުގެ ރައްދު- ނަޝީދު ވިދާޅުވީ މަގުމައްޗަށް ނުކުމެ ތިބި ޒުވާނުންނަށް ތާއީދުކުރަންޖެހޭ ކަމަށް
12 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ކަޅުފައިސާ، ފިތްކަޑައިގެން ދާވަރު
15 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
16 ގަޑިއިރު ކުރިން


