
ގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މުޙައްމަދު ފަޟްލޫން - 13 ޖެނުއަރީ 2026 - 12:25
ގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަން ތަކުގެ ތެރެއިން އިއްޔެ ޓާސްކް ފޯސް އިން މާލޭގެ ގުލާބީ މަގުގައި ހުންނަ ބިދޭސީ އެކޮމޮޑޭޝަން ބްލޮކެއް ބަލައިފާސްކޮށްފައެވެ.
ގުލާބީ މަގުގައި ހުރި ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަން ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 03 ބިދޭސީ އަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ކުރަމުންދެއެވެ.
ގުޅުން ހުރި ޙަބަރުތައް

އީރާނު އެމްބަސީ ޕޯސްޓުގެ ރައްދު- ނަޝީދު ވިދާޅުވީ މަގުމައްޗަށް ނުކުމެ ތިބި ޒުވާނުންނަށް ތާއީދުކުރަންޖެހޭ ކަމަށް
5 މިނިޓު ކުރިން

މަސްތުވާތަކެތީގެ ކަޅުފައިސާ، ފިތްކަޑައިގެން ދާވަރު
3 ގަޑިއިރު ކުރިން

ނަޢީމްގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ދެމިހުންނާނެ: ރައީސް
4 ގަޑިއިރު ކުރިން

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް
5 ގަޑިއިރު ކުރިން


