logo

ނަޢީމްގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ދެމިހުންނާނެ: ރައީސް

profile

އައިޝަތު އިނާޝާ - 13 ޖެނުއަރީ 2026 - 12:07

އަލްމަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް އެފަދައިން ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުހައްމަދު ނައީމް ހުސެއިން އަވަހާރަވުމާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ވިދާޅުވީ ނަޢީމް ޙުސައިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށާއި މީގެ ބައި ގަރުނަށްވުރެ ކުރީން، ފަތުރުވެރިކަމަށް ރާއްޖެ ހުޅުވައިލުމަށްފަހު، ބައިނަލްއަޤްވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި ޤައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ދޭން ފެށުން ގުޅިފައިވަނީ އެ ހަނދާންތަކާ ކަމަށެވެ.

ރައީސްގެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ދިވެހީންގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވެރީންނަށާއި މުވަައްޒަފުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

މަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އާމީން: ރައީސް

ނަޢީމްވަނީ 1967 ވަނަ އަހަރު އެއަރޕޯޓުގެ ޚިދުމަތަށް ނުކުންނެވުމަށްފަހު ރިޓަޔަރވުމާއި ހަމައަށް ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގައި ޚިދުމަތްކުރައްވާފައެވެ.

ނައީމް އަވަހާރަވެފައިވަނީ އުމުރުފުޅުން 74 އަހަރުގައި މިދިޔަ އާދިއްތަ ދުވަހު މާލޭގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay