logo

އީރާނު އެމްބަސީ ޕޯސްޓުގެ ރައްދު- ނަޝީދު ވިދާޅުވީ މަގުމައްޗަށް ނުކުމެ ތިބި ޒުވާނުންނަށް ތާއީދުކުރަންޖެހޭ ކަމަށް

profile

އައިޝަތު އިނާޝާ - 13 ޖެނުއަރީ 2026 - 15:55

އީރާނުގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަނުން ގޯސް ކަމަށާއި އެކަމަކު މަގުމައްޗަށް ނުކުމެ ތިބި ޒުވާނުންނަށް ތާއީދުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އީރާންގައި ތަކެތީގެ އަގުތައް މައްޗަށް އުފުލި، އިގްތިސާދީ ކަންބޮޑުވުންތަކާ އެކު މިދިޔަ މަހު 28ގައި ފެށި މުޒާހަރާތައް ފުޅާވެ، ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ވަނީ މަގުތަަކަށް ނުކުމެ، މިސްކިތްތަކުގައި ވެސް ހުޅުޖަހާ، ހޮސްޕިޓަލުތަކާއި ބޭންކުތަކާ މަގުމަތީގަ އާއި މާރުކޭޓުތަކުގައި އުޅުނު އާންމު ރައްޔިތުންނަށް ހަމަލަދީފައެވެ.

މި އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ ސަރުކާރުން ދީފައިވަނިކޮށް ނަޝީދު އާދިއްތަ ދުވަހު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުދެއްވާފައެވެ. ވިދާޅުވީ އީރާނުގެ ރައްޔިތުން މިހާރު މަގުތައްމައްޗަށް ނުކުމެ އިހުތިޖާޖުކުރަމުން އަންނަނީ އަބުރުވެރިކަން ހޯދުމަށާއި، ބޮޑުވަމުން އަންނަ ދިރިއުޅުމުގެ އަގުތަކާއި ދެކޮޅަށާއި، އެތައް ޒަމާނެއްވަންދެން އެ ރައްޔިތުންގެ ހައްގުތައް އޮބަހައްޓައިފައި އޮތް އޮތުމާ ދެކޮޅަށް ކަމަށެވެ.

ޕޯސްޓަށް، ލަންކާގައި ހުންނަ އީރާނުގެ އެމްބަސީގެ ރަސްމީ 'އެކްސް' އެކައުންޓުން ރައްދުދީ، ބުނެފައިވަނީ މިދިޔަ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ޒަޔަނިސްޓު ބާރުތަކުން އީރާނުގެ ސިޓީތަކަށާއި، އާންމު ރައްޔިތުންނަށާއި، އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިން ކަމަށެވެ. އީރާނުގެ ރައްޔިތުންނަށް އަމާޒުކޮށް ދިން މި ހަމަލާތަކާއި ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފިރިހެނުންނާއި، އަންހެނުން އަދި ކުޑަކުދިން ހިމެނޭހެން ހާހަކަށްވުރެ ގިނަ މީހުން މަރުވި ކަމަށް ބުނެފައިވެ އެވެ. މުޒާހަރާގެ ބައިވެރިން ބޭނުންވަނީ އިރާނުގައި އިސްލާމީ ދައުލަތް ވައްޓާލައި، ޔަހޫދީންނަށް ތާއީދުކުރާ ވެރިކަމެއް ގާއިމުކޮށް އިސްރާއީލާއި އެމެރިކާ ގުޅުން ބަދަހި ކުރުމަށެވެ. އެގޮތުން މުޒާހަރާކޮށް ވަނީ އިރާނުގެ ބައެއް މިސްކިތްތަކަށް ގެއްލުންދީ ކީރިތި ގުރުއާން ގެ މުސްހަފްތަކެއްގައި ހުޅުވެސް ޖަހާފަ އެވެ. މި ހާލަތުގައި، ތިބޭފުޅާ ހުންނެވީ ކޮން ފަޅިއެއްގައިތޯ؟" އެމްބަސީގެ ޕޯސްޓު ނިންމާލަމުން ނަޝީދާ ސުވާލުކޮށްފައިވެ އެވެ.

ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަނުން ގޯސް ކަމަށާއި އެކަމަކު މަގުމައްޗަށް ނުކުމެ ތިބި ޒުވާނުންނަށް ތާއީދުކުރަންޖެހޭ ކަމަށެވެ. ނަޝިދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް އެކްޓިވިސްޓުން މުޒާހަރާކުރުމުން، އެ މީހުންނަކީ ނަސޯރާ ދީން ފަތުރަން އުޅޭ މީހުންގެ ހިމާޔަތުގައި ނުކުމެ ތިބި ބައެއްގެ ގޮތުގައި މައުމޫން ތުހުމަތުކުރެއްވި ކަމަށާއި ހަގީގީ ތަދަކީ މުޒާހަރާގެ ބައިވެރިންނަށް މުޒާހަރާ ތެރޭ ކުރިމަތިވާ އަނިޔާ އާއި ތެޅުންކަން އެނގޭ ކަމަށް ވިދާޅުވިއެވެ..

ނަޝީދު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ހައްގުތަކުގެ ދިފާއުގައި ތެދުވެ ތިބި ޒުވާނުންނާ އެކުގައި ކަމަށެވެ.

އީރާނުގައި މިހާރު ހިނގަމުން އަންނަ މުޒާހަރާތަކަކީ އިގުތީޞާދީ ގޮތުން އެ ގައުމު މިހާރު އޮތް ދަށް ހާލަތުގެ ސަބަބުން ކުރިއަށްދާ ހަމަނުޖެހުންތަކެކެވެ. ނަމަވެސް، މި މުޒާހަރާތަކުގެ ފަހަތުގައިވާ ކަމަށް އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީއާއި ރައީސް މަހްމޫދު ޕެޒެޝްކިއާންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ތުހުމަތުކުރަނީ އެމެެރިކާއާއި އިޒްރާއިލެވެ. މިއީ 2023ވަނަ އަހަރަށް ފަހު އެ ގައުމުގައި ހިނގާ އެންމެ ބޮޑު މުޒާހަރަތަކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay