
ބަންގްލަދޭޝްއިން އޮން-އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި

އައިޝަތު އިނާޝާ - 13 ޖެނުއަރީ 2026 - 20:06
އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން، ބަންގްލަދޭޝްއިން އޮން-އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި 15 ޖެނުއަރީ 2026 އިން ފެށިގެން 15 ފެބްރުއަރީ 2026 ގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް، އެގައުމުގެ ސަރުކާރުން ވަނީ ނިންމަވާފައެވެ.
އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ބަންގްލަދޭޝް ހައިކޮމިޝަން މިހާރު ހުންނަނީ ހުޅުމާލޭގެ ނިރޮޅުމަގު 16 ނަންބަރު ގޯޅި، ޕްލޮޓް 10982 ގައެވެ. ވިސާއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެ ކޮމިޝަންގެ ނަންބަރު 3320859 އަށް ގުޅުމަށް ނުވަތަ އަށް އީމެއިލް ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް
8 ގަޑިއިރު ކުރިން

އީރާނު އެމްބަސީ ޕޯސްޓުގެ ރައްދު- ނަޝީދު ވިދާޅުވީ މަގުމައްޗަށް ނުކުމެ ތިބި ޒުވާނުންނަށް ތާއީދުކުރަންޖެހޭ ކަމަށް
12 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ކަޅުފައިސާ، ފިތްކަޑައިގެން ދާވަރު
15 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
16 ގަޑިއިރު ކުރިން


