
ދިވެހިން ހާލުގައި ޖެހޭ ކޮންމެ ފަހަރަކު އިތުބާރު އޮންނަ ބަޔަކީ ދަނޑުވެރިން: މިނިސްޓަރު އަދަމް ޝަރީފް

ޝަހްޒާ މުޙައްމަދު - 18 އޮކްޓޯބަރު 2025 - 17:40
ޤައުމު ހާލުގައި ޖެހޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް އެންމެ ބޮޑު އިތުބާރަކާއި ޔަގީންކަމެއް ހޯދައިދެނީ ދިވެހި ދަނޑުވެރިން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަން ގަވަރުމަންޓް އެންޑް ޕަޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި "ފެހި ދިރުން އެކްސްޕޯ" ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ގައުމުތަކަށާއި ރާއްޖެއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކާބޯތަކެތީގެ ބާވަތްތައް އެކި ހިސާބުތަކަށް ފޯރުކޮށްދިނުން ކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް، ދިވެހިންގެ ނަސީބު ރަނގަޅުކަމާއެކު، ރާއްޖޭގެ ކަނޑުގެ ހަޒާނާގެ ތަނަވަސްކަމާއި، އެކި ރަށްރަށުގައި ދަނޑުވެރިން ކުރި މަސައްކަތުން ގިނަ ބަޔަކަށް ބަނޑުފުރާ މުއްތިކުރުމުގެ ފުރުސަތު އެދުވަސްވަރު ލިބިގެންދިޔަ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔެ ބަދަލުވަމުންދާ ފަދައިން ރާއްޖެވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެގޮތުން ބިމުގެ ދަތިކަން ވަރަށް ގިނަ އާއިލާތަކަށް ތަހައްމަލްކުރަން ޖެހިފައިވީ ނަމަވެސް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރާ ފަރާތްތައް މިހާރުވެސް އެބަތިބިކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވަނީ ކާރިސީ ކޮންމެ ދަނޑިވަޅެއްގައިވެސް ދަނޑުވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށާއި، އެފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
އަހަރެއް ކުރިން

ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ކަންކުރާގޮތް އޮޅުންފިލުވައިފި
އަހަރެއް ކުރިން

އަތޮޅު ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުމަށް މިނިސްޓަރު އާދަމް ޝަރީފް މަޖިލީހަށް
އަހަރެއް ކުރިން

ޑްރަގް އައްޑާއަކަށްވި ރަބީއުވިލާ 14 ދުވަހުން ތަޅާލައިފި
އަހަރެއް ކުރިން