logo

ބީއެމްއެލް ވާއު ކިޑްސް ރަން ކާމިޔާބުކަމާއެކީ ނިންމާލައިފި

profile

އައިޝަތު އިބްރާހިމް - 13 ސެޕްޓެމްބަރު 2025 - 06:54

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.

https://wamco.com.mv/

ހަތަރު އުމުރުފުރާއެއްގެ ކުދިން ބައިވެރިވި މި ދުވުން އޮތީ އިއްޔެ ހަވީރު ހުޅުމާލޭގައެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ސަރަހައްދުގައި ކުރިއަށް ދިޔަ މިދުވުމުގައި ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށް ބޭންކޮ އޮފް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

View post on Twitter

ދުވުމުގެ އުމުރުފުރާތަކަކީ:

  1. 2 އަހަރާއި 3 އަހަރާ ދެމެދު
  2. 4 އަހަރާއި 6 އަހަރާ ދެމެދު
  3. 7 އަހަރާއި 9 އަހަރާ ދެމެދު
  4. 10 އަހަރާއި 16 އަހަރާ ދެމެދު

ބީއެމްއެލްއިން ބުނީ ދުވުން ފުރިހަމަ ކުރި ކޮންމެ ކުއްޖަކަށް މެޑަލް ދީފައިވާނެ ކަމަށެވެ. މެޑަލް ހަވާލުކޮށް ދެއްވީ ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އާއި ޗެއާރޕަސަން އަހްމަދު އަލީ ހަބީބް އަދި ބޭންކުގެ އޮފިޝަލުންނެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ކުޑަކުދިންނާއި ބެލެނިވެރީންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ދުވުމެކެވެ. މި އިވެންޓުގެ މަގްސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ މުހިންމުކަން ފާހަގަކޮށް، އާއިލާތަކަށް މިފަދަ އާދަތައް އަށަގެންނެވުމަށް ހިތްވަރުދިނުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay