
މި ސަރުކާރުން އަންހެނުން ބާރުވެރިއެއް ނުކުރޭ! އަންހެނުން ބޭނުންކުރަނީ: ކަނބާ

ރިޟްވާން މޫސާ - 21 އޯގަސްޓު 2026 - 09:45
މި ސަރުކާރުން އަންހެނުން ބާރުވެރިކުރަން މަސައްކަތް ނުކުރާ ކަމަށާއި، އަންހެނުން ބާރުވެރި ކުރުމުގެ ބަދަލުގައި ފެނިގެންދަނީ އަންނުންގެ ބޭނުން ނަހަމަ ގޮތުގައި ހިފަން މަސައްކަތް ކުރާ މަންޒަރު ކަމަށް އެމްޑީޕީގެ ލީގަލް ކޮމެޓީ އަދި އަންހެނުންގެ ރޫހުގެ މެންބަރު ކަނބާ އައިޝާ އިޝާގު ވިދާޅުވެއްޖެ އެވެ.
"އަސްލުޓީވީ"ގެ ބާބު ޕްރޮގްރާމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން ކަނބާ ވިދާޅުވީ ދައުލަތުން އަންނުންގެ ހައްގުތައް ކަށަވަރު ކުރުމާއި އަންހެނުންނަށް ހުންނަ ފުރުސަތުތަކަށް ފަހި ކޮށްދިނުމަކީ ކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ.
ކަނބާ ވިދާޅުވީ ރާއްޖޭގައި ވަޒީފާ އަދާ ކުރައްވާ ފަރާތްތަކުގެ ތެރެއިން 45.6 އިންސައްތަ އަކީ އަންހެނުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދުގެ ތެރޭގައި ވެސް އޮތީ ހަމަ އެކަނި 5 އިންސައްތަ ގޮނޑި އަކީ އަންހުންގެ ގޮނޑި ހިމެނޭ އަދަދު ކަމަށެވެ.
މީގެ އިތުރުން ވެސް ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ހުރި ފުރުސަތު ތަކާއި ހާއްސަ ކޮށް ޒުވާނުންގެ ތެރެއިން އަންހެން ކަނބަލުންނަށް ފުރުސަތު ތަކެއް ފަހިކޮށްދެއްވުމަކީ ސަރުކާރަކުން ކޮށްދެއްވަން ޖެހޭ މުހިންމު ކަމެއްކަން ފާހަގަ ކުރައްވަމުން ކަނބާ ވިދާޅުވީ މިއަދު ފެނިގެންދަނީ އަންހުންނަށް ހެރޭސް ކުރާ މަންޒަރު ކަމަށާއި، އަންހެނުން ބާރުވެވެރި ކުރުމުގެ ބަދަލުގައި އަންހެނުން ވިކްޓަމައިޒް ކުރުން ނުވަތަ އަންހެނުން ބޭނުން ކުރުން ކަމަށެވެ.
ކަނބާ ވިދާޅުވީ އަންހެނުންނަށް އޮތް ފުރުސަތުތައް މިސަރުކާރުން ހަނިކޮށްފައިވާ އިރުވެސް މިހާރު ފެނިގެން ދަނީ އަންހެނުންނަށް ދީފައި އޮންނަ ބާރުތައް ވެސް ނަގާ މަންޒަރު ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިއްޖެ
9 ގަޑިއިރު ކުރިން

ބަންގްލަދޭޝްގެ އައު ރައީސް ކަމަށް މިރުޒާ ފަޚްރުލް އިސްލާމް އަލަމްގީރު އިންތިޚާބުކޮށްފި
9 ގަޑިއިރު ކުރިން
.jpg&w=3840&q=75)
މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް: ޚުޠުބާ
10 ގަޑިއިރު ކުރިން

ޣައްޒާގައި ޤާއިމުކުރާ ސުލްޙަ ބަލަހައްޓާ ފައުޖަށް އެމެރިކާއިން 206 މިލިއަން ޑޮލަރު ދޭން ނިންމައިފި
ދުވަހެއް ކުރިން


