މާލެ އަށް ބޯކޮށް ވާރޭ ވެހި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކޮށްދީފި!

ރިޟްވާން މޫސާ - 01 އޯގަސްޓު 2026 - 08:21
ރޭ މާލެ އަށް ކުރި ބޯ ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގަިއ އުފެދިފައިވާ ފެން ހިންދުމުގެ މަސަައްކަތް މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް އެމްއެންޑީއެފް އިން ކޮށްފި އެވެ.
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ރޭ ދަންވަރުން ފެށިގެން ހަރަކާތްތެރިވެފަ އެވެ.
އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުގެ ސަބަބުން ފެން ހިންދުމަށް ޓަކައި މާފަންނު ވެސްޓް ޕާކާއި، ސަލްމާން މިސްކިތް ސަރަހައްދުގެ އިތުރުން ސްވިމިންގ ޓްރެކް ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ސިފައިން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވެ އެވެ.
މޫސުމާއި ބެހޭ އިދާރާގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖެ އަށް ކުރަމުންދާ ވިސާރައިގައި އެންމެ ގިނައިންއިން ވާރޭ ވެހިފައިވަނީ ހުޅުމާލެ އަށް ކަމަށް ވަނީ ރެކޯރޑް ކުރެވިފަ އެވެ.
މީގެ އިތުރުން ދެން އެންމެ ގިނައިން ވިއްސާރަ ކޮށްފައި ވަނީ ބ. ދަރަވަންދޫ އަށް ކަމަށް ވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.
މި ވިއްސާރައިގެ ސަބަބުން ވައިގަދަވެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިކަމުގެ އަސަރުތައް ކުރަމުންދާކަމަށް ރިޕޯރޓްތައް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޑިޒާސްޓާރ މެނޭޖްމަންޓް ސެންޓަރުން ވެސް ވަނީ ވިދާޅުވެފަ އެވެ.
މެޓު އޮފީހުން މައުލޫމާތުދެއްވާ ގޮތުގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. އެހެން ނަމަވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާނުކުރެވޭ ކަމަށާއި، މިއަދު މެންދުރުފަހުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެއިދާރާއިން ވިދާޅުވިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު ވިލާގަނޑުގައި ވައި އެންމެ ގަދަވެފައިވަނީ ފ.ނިލަންދޫއަށެވެ. އަދި ދެވަނައަށް ވައި އެންމެ ގަދަވީ، ހދ.ކުޅުދުއްޓަށެވެ.
ގުޅުން ހުރި ޙަބަރުތައް

އަރިޖިތު ސިންގް، މިއުޒިކީ ދާއިރާއަށް އެނބުރި އަންނަނީ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި
10 ގަޑިއިރު ކުރިން

ތުރުކީއަށް މުދާ އެކްސްޕޯޓްކުރުމުގައި ލުއިތަކެއް: ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި
10 ގަޑިއިރު ކުރިން

ތާޒާ ގާޑަން ސެލެޑް: ކޮންމެ ދުވަހެއްގެ ކެއުންތަކުގައި ހިމަނާލަން ސިއްހަތަށް ފައިދާހުރި މީރު ކެއުމެއް
10 ގަޑިއިރު ކުރިން
ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫ ގެއެއްގެ ފުރާޅު އެއްލައިލައި ގެއްލުންތަކެއް ވެއްޖެ!
13 ގަޑިއިރު ކުރިން


.gif&w=3840&q=75)