
ތިނަދޫ ސިޓީގެ ފެނަކަ އޮފީހުގެ ފުރާޅުމައްޗަށް އެންޓެނާއެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް!

އާމިނަތު ޝަޒްލާ - 07 ސެޕްޓެމްބަރު 2026 - 13:26
ގދ. ތިނަދޫ ސިޓީގެ ކުރީގެ މީޑިއާ ސެންޓަރު ހުރި އިމާރާތުގައި ހަރުކޮށްފައި ހުރި ބޮޑު އެންޓެނާއެއް، އެ ސަރަހައްދުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ފުރާޅު މައްޗަށް ވެއްޓި އެކި ވަރުގެ ގެއްލުންތަކެއް ވެއްޖެއެވެ.
މިއަދުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި، ބޮޑު އެންޓެނާ ވެއްޓުމުގެ ސަބަބުން ފެނަކަ އޮފީހުގެ ފުރާޅަށާއި، ސީލިންގަށް އަދި އެ އިމާރާތުގެ އެތެރޭގެ ބައެއް ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ދެނެގަތުމަށާއި، ފުރާޅު މައްޗަށް ވެއްޓިފައިވާ އެންޓެނާ ނެގުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. އަދި މިފަދަ ހާދިސާއެއް ދިމާވާން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތްވެސް ކަމާގުޅުންހުރި އިދާރާތަކުން މިހާރު އަންނަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހިމަބިހި ޖެހުނު މީހުންގެ އަދަދު 264 އަށް އަރައިފި
11 މިނިޓު ކުރިން

މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފި
13 މިނިޓު ކުރިން

ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ފަށައިފި
13 މިނިޓު ކުރިން

ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވަނީ ފައްޔާޒް އަށް: ރައީސް ނަޝީދު
15 މިނިޓު ކުރިން


