
ފްރާންސްގެ ރައީސް
ފުރާންސުންވެސް ހިތްވަރުދެނީ އިސްރާޢީލަށް!

އަހުމަދު ޒަލީފު - 24 އޮކްޓޯބަރު 2023 - 15:29
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް ހިތްވަރު ދިނުމުގެ ގޮތުން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އިސްރާއިލަށް މިއަދު ވަޑައިގެންފިއެވެ.
މެކްރޮންއަކީ ފެށުނީއްސުރެވެސް އިސްރާއިލަށް ފާޅުގައި ތާއިދު ކުރައްވާ ބޭފުޅެކެވެ. ހަމަ އެހެންމެ މުސްލިމުންނާ ވެސް ދެކޮޅު ބޭފުޅެކެވެ.
މެކްރޮން މިއަދު އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވާނެއެވެ. އަދި ދެ ބޭފުޅުން އެކުގައި މިއަދު މެންދުރު ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވަވާނެއެވެ. ހަމަ އެހެންމެ އިސްރާއިލުގެ އިދިކޮޅު ލީޑަރުންނާއި އަދި ރައީސް އީސާކް ހާޒޯގްއާ ވެސް ބައްދަލު ކުރައްވާނެއެވެ.
އަދި ހަމާސްއިން ރަހީނު ކުރި މީހުންގެ އާއިލާތަކާވެސް މެކްރޮން ބައްދަލު ކުރައްވާނެއެވެ.
ހަމާސްއިން ރަހީނު ކުރި މީހުންގެ ތެރޭގައި ފްރާންސްގެ ރައްޔިތަކު ވެސް ހިމެނެއެވެ. އަދި ފްރާންސްގެ އިތުރު ހަތް މީހަކަށް ވީނުވީ ގޮތެއް އަދިވެސް ނޭނގެއެވެ.
އިސްރާއިލާއި ޣައްޒާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ފެށުނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަމަވެސް އެ ހަނގުރާމަ ނިމޭނެ ކަމުގެ އުއްމީދެއް އަދި ނުފެށެއެވެ. އަދި އިސްރާއީލުން މިހާރު ދަނީ ޣައްޒާއަށް އެއްގަމު މަގުން ވަނުމަށް ތައްޔާރުވަމުންނެވެ. އިސްރާއިލުން ބުނަ ގޮތުގައި ހަނގުރާމަ އެތައް މަހަކަށް ވެސް ދެމިގެން ހިނގައިދާނެއެވެ.
ހަމާސް ޖަމާއަތާއި އިސްރާއިލާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 5000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެސް ކޮށްލައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދިރާސީ އައު އަހަރަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި
ގަޑިއިރެއް ކުރިން

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
ގަޑިއިރެއް ކުރިން

ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި, ގެއްލުންތަކެއްވެއްޖެ
ގަޑިއިރެއް ކުރިން

ގަވާއިދާ ހިލާފަަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި
2 ގަޑިއިރު ކުރިން


