
—
އިސްރާއީލް މީހުން ރާއްޖެ އައުން މަނާކުރުމާ ގުޅޭ ޕެޓިޝަން ފާސްކޮށްފި

އަހުމަދު ޒަލީފު - 22 ނޮވެމްބަރު 2023 - 10:45
އިސްރާއީލުގެ ރަށްވެހިން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގޮވާލައި ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން، މަޖިލިހުގެ ޕެޓިޝަން ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީ ބައްދަލުވުމުގައި ޕެޓިޝަނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މަޖިލިހުގެ އުނގޫފާރު ދާއުރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ރާއްޖެއަކީ އެއްވެސް ދައުލަތަކާ ދެކޮޅު ބައެއް ނޫން ކަމަށެވެ.
ނިރުބަވެރި ޔަހޫދީ އިސްރާއީލް ރައްޔިތުންނަށް ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ހަނިކުރުމަށް އެ ގައުމުގެ ޕާސްޕޯޓް ބޭން ކުރުމަށް ގޮވާލާ ގިނަ ބަޔަކު ރައްޔިތުން މަޖިލީހުގެ ދޮށުގައި އިހްތިޖާޖްވެސް ކޮށްފައިވެއެވެ.
ފަލަސްތީނުގެ ދިދައާއި އެ ގައުމު ރަމްޒުކޮށްދޭ ކުލައިގެ ހެދުން ލައިގެން އެއްވި ފަރާތްތަކުން ގޮވަމުން ގެންދަނީ ފަލަސްތީނުގެ ހައްގުގައި މަޖިލީހުގެ އަޑު އުފުލުމަށެވެ. އަދި އިސްރާއީލްގެ ޕާސްޕޯޓް ރާއްޖޭގައި ބޭން ކުރުމަށެެވެ.
ފަލަސްތީނުގެ މައުސޫލް ކުޑަކުދިންނާއި ކުށެއް ނެތް ރައްޔިތުން ރަހުމްކުޑަކޮށް ޔަހޫދީ އިސްރާއީލުން މަރަމުން ގެންދާއިރުގައި ރާއްޖެއަކީ އިސްލާމީ ގައުމަކަށްވާތީ އިސްރާއީލާއިއެކު ގުޅުންތައް ކަނޑާލަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އަދި އިސްރާއީލްގެ ރައްޔިތުން ރާއްޖެއަށް ވަނުން މިހާރުން މިހާރަށް މަނާކުރަން ޖެހޭ ކަމަށް އިހްތިޖާޖުގެ ބައިވެރިން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން