
މައިން ބަފައިންނަށް ހެޔޮކޮށް ހިތަން ހުތުބާގައި ގޮވާލައްވައިފި

މުޙައްމަދު ފަޟްލޫން - 27 މާރިޗު 2026 - 11:40
މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތްﷲ ގެ ހަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ އަމަލެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއު އަކީ މައިން ބަފައިންނަަށް އޯގާތެރިވުން އެވެ.
މައިން ބަފައިންނަށް އަޅާލާ އޯގާތެރިވުމުގެ ގޮތުން އެމީހުންނަށް ކިޔަމަންވެ، އިހްތިރާމްކޮށް އެމީހުންނަށް އަޅާލުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މައިން ބަފައިން ބެލުމުން އެމީހަކަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބި އެމީހަކަށް ބަރަކާތް އިތުރުވެގެންދާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަކީ ޖިހާދު ކުރުމަށް ވުރެ ހެޔޮކަން ބޮޑު އަމަލެއް ކަމަށް ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މާތް ﷲ އަށް އަޅުކަން ކުރުމަށްފަހު ދެން އެކަލާނގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ މައިން ބަފައިންނަށް ހެޔޮކޮށް ހިތުން ކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.
މައިން ބަފައިން ދަރިން ދުނިޔެއަށް ގެނައުމަށް އުފުލި ބުރައިގެ އަގު އަދާނުކުރެވޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މައިން ބަފައިން އެމީހުންގެ ދަރިން ހެޔޮގޮތުގައި ބޮޑުކުރަން ބޮޑެތި ގުރުބާނީތަކެއްވާ
ކީރިތި ގުރުއާނުގައި މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ ތިބާގެ ކައިރީ މައިން ބައިން ދިރިއުޅެމުން ގޮސް އެދެމީހުން މުސްކުޅިވެއްޖެނަމަ، އުފް ވެސް ނުބުނުމަށް އަންގަވާފައެވެ. އަދި އެދެމީހުންނާ ޒުވާބުކޮށް ނަފުރަތުކޮށް އަޑުލައި ނުހަދަން ވަނީ އަންގަވާފައެވެ. އަދި މާތް ބަހުން އެދެމީހުންނަށް މުހާތަބުކޮށް އޯގާވެރިވުމުގެ ގޮތުން ނިކަމެތިކަމުގެ ފިޔަ އެދެމީހުންނަށްޓަކައި ތިރިކޮށްލުމަށް ގުރުއާނުގައި ވަނީ އަންގަވާފައެވެ.
ކީރިތި ގުރުއާނުގައި މައިން ބަފައިންނަށް ހެޔޮކޮށް ހިތައި އެމީހުންގެ މައްޗަށް ހެޔޮދުއާ ކުރަން ވަނީ އަންގަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

“ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް” ކޯހުގެ ތިން ވަނަ ބެޗް ދަސްވެނިވެއްޖެ
ގަޑިއިރެއް ކުރިން
.webp&w=3840&q=75)
މެލޭޝިޔާ އެކްސިޑެންޓާއި ގުޅިގެން ޑްރައިވަރުގެ މައްޗަށް 3 ދައުވާ އުފުލައިފި
ގަޑިއިރެއް ކުރިން

ޑިޕްރެޝަން ތަހައްމަލުކުރާ މީހުން ރާއްޖޭގައި ނިސްބަތުން ގިނަ: ހެލްތު މިނިސްޓްރީ
ގަޑިއިރެއް ކުރިން

މަގުމަތީގެ ރައްކާތެރިކަމަށް މާލެ ސަރަހައްދުގައި ޚާއްޞަ ޓްރެފިކް އޮޕަރޭޝަނެއް!
4 ގަޑިއިރު ކުރިން


